ޚަބަރު

އަޅުގަނޑަށް އަބަދުވެސް ޓީމަށް ކުޅެން އެނގޭ، ކްލަބު ހިންގަންވެސް އެނގޭ: އާޒިމް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އަޅުގަނޑަށް އަބަދުވެސް ޓީމަށް ކުޅެން އެނގޭ ކަމަށާއި ކްލަބު ހިންގަންވެސް އެނގޭ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު، އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by MWSC

އާޒިމް މިހެން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ޑީއާރްޕީ ހިންގަން ނޫޅުމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާއަކީ ޓީމަށް ކުޅެން އެނގޭ، އަދި ކްލަބް ހިންގަންވެސް އެނގޭ ބޭފުޅެއް ކަމަށެވެ. އަދި ބަދަލު ހޯދުމުގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާ ދަމައިގަންނާކަށް ދުވަހަކު ނޫޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް އަބަދުވެސް ޓީމަށް ކުޅެން އެނގޭ، ކްލަބް ހިންގަންވެސް އެނގޭ. ކުޅެން ގެންގުޅޭ ބޯޅަޔާ ވިކެޓްބައި ހިފައިގެން ގެޔަކަށް ނުދާނަން. އަދި ބަދަލު ހޯދުމުގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން 200 މިލިއަން ދަމައިގަންނާކަށް ދުވަހަކުވެސް ނޫޅޭނަން،" ގެއްލުމުގެ ބަދަލުގެ ނަމުގައި އިބްރާއަށް ލިބުނު 200 މިލިއަން ރުފިޔާއަށް އިޝާރާތްކޮށް އަލީ އާޒިމް ވިދާޅުވިއެވެ.

އިބްރާ އަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ކޮއްކޯފުޅެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުންދާއިރު މި މައްސަލަ ވެއްދުމުގައި އެންމެ އިސްކޮށް އުޅުއްވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕީޖީ ލީޑަރު އާޒިމް އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!