ވެލާނާ އެއާޕޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ ނިޔާވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިމަހުގެ 10 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ ނިޔާވެއްޖެއެވެ.
މިހާދިސާ ހިނގާފައި ވަނީ އެދުވަހުގެ ހަވީރު 18:00ގައި، އެއާޕޯޓުގެ ސީޕްލޭން ފިއުލް ސްޓޯރޭޖް ސަރަޙައްދުގައެވެ.
މިހާދިސާ ހިނގި ގޮތުގެ ތަފްސީލެއް އެމްއޭސީއެލް އިން އަދި ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ ތަހުގީގެއް ފަށާފައިވާ ކަމެވެ.
އަލިފާނުގެ ހާދިސާގައި ފިހިގެން ނިޔާވެފައިވަނީ އެމްއޭސީއެލްގެ މުވައްޒަފެއް ކަމުގައިވާ އިސްމާއިލް ރަޝީދު (46އ.) އެވެ. މާތް ﷲ އެމަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ އޭނާއަށް ފާފަ ފުއްސަވާންދޭވެ. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާނދޭވެ. އާމީން.
إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون