ޚަބަރު ސިޔާސީ

ޖޫން މަހުގެ ފުރަތަމަ ދުވަހު ޤާސިމަށް ރިޔާސީ ޓިކެޓު ދެނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، އެ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމަށް، ޖޫން މަހުގެ ފުރަތަމަ ދުވަހު ރަސްމީކޮށް ރިޔާސީ ޓިކެޓު ދޭން ނިންމައިފިއެވެ.

Ads by Hajj Corporation

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިގޮތަށް ނިންމީ އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ޤާސިމް މީގެ ކުރިންވެސް، ދެ ފަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިއެވެ. އެއީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ.

ޖޭޕީން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޤާސިމް ވިދާޅުވެފައި ވަނީ، ގިނިކަންޏާ ނުކުމެވަޑައިގެން، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޖެހިވަޑައިގަތަސް އެކަން ކުރައްވާނެ ކަމަށާއި، ވަކި މީހަކަށް މަޑު ނުކުރައްވާނެ ކަމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!