މުޅި ފޯޅަވަހީގެ ސިޔާދަތަށް ދިވެހީން ދައުވާކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީިލް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިޞާދީ ސަރަހައްދު މީގެ ކުރިން އޮތީ ކަނޑައަޅާފައިކަމަށާއި އެކަން ފެންނަން އޮތް ހެކި ތަކުން ސާބިތުވާކަމަށާއި އޮޅުވައި ނުލެވޭނެކަމަށް ރާއްޖޭގެ ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޯޅަވަހީގެ މައްސަލައިގެ ނިންމުންތައް ނިމުނީ ހަމައެކަނި ރައީސް ޞާލިޙްގެ ސިޓީގެ ސަބަބުން ކަމަށެވެ.
އަދި އެ ސިޓީ ފޮނުވޭނެ ޤާނޫނީ ޙައިޞިއްޔަތެއް ނެތް ކަމަށާއި މުޅި ފޯޅަވަހީގެ ސިޔާދަތަށް ދިވެހީން ދަޢުވާކުރަންޖެހޭ ކަމަށާއި އެންމެ ޙައްޤުކަން ބޮޑީ ދިވެހިން ކަމަށް ޖަމީލް ވިދާޅުވިއެވެ.
“އެއީ ޤައުމަށް ލިބެންޖެހޭ ބޮޑު ސަރަޙައްދެއް، މުއްސަނދިކަމެއް” ޖަމީލް ވިދާޅުވިއެވެ.
ޖަމީލު ނާއިބަކަށް ހުރެޗާގޯސް ވާހަކަ ނުދައްކާ މިހާރުމޮޔަގޮވަނީތަ
ތާރީހުން އެގޭ ގޮތުގައި ފޯޅަވަހި އަތޮޅުތަކާއި ރައްތަކަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ބަޔެއް ، އެތަން ހޯދާ ދިވެހި ދައުލަތުގެ ސިޔާދަތުގެ ތެރެއަށް ވެއްދުމަކީ ދިވެހި އަސްކަރިއްޔާގެ މައްޗަށް ޝަރުޢީ ގޮތުންނާއި ޤާނޫނީގޮތުން ލާޒިމްވާ ބޮޑު ވާޖިބެއް !
قال تعالى ((يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُم مِّنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً ۚ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ)) التوبة (123)
ފޯޅުވެއްސަކީ ދިވެހިރާއްޖޭގެ ބައެއް .1905 ވަނަ އަހަރު ޖެނުއަރީ 11 ގަ ނެރުނު ޖޕާނުގެ ނޫހެއްގަވެސް ބުނޭ އެއީ ރާއްޖޭގެ އެންމެ ދެކުނު އަތޮޅުކަމަށް. އެތަނަކީ އަބަދުވެސް ދުނިޔޭގެ ބޮޑުބާރަކުން ވަކި ހިއްޕާފަ އޮންނަ ތަނަކަށް ވުމުން ރާއްޖޭގެ ސިޔާދަތީ ބާރު އެތަނަށް ނުހިންގިފަ އޮންނަނީ . މިހާރު އެތަނާއި ދައުވާ ނުކުރެވެންވީ ދސަބަބެއްނެތް.