ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މިމަހުގެ 26 ގައި އާރޓިފިޝަލް ބީޗްގައި!

އެމްއެންޕީގެ ރިޔާސީ ކެޑިޑޭޓަށް ރަސްމީކޮށް ޕާޓީގެ ޓިކެޓް ހަވާލުކުރުމުގެ ރަސްމީ ޖަލްސާ މިމަހުގެ 26 ވަނަ ދުވަހުގެރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޕީއިން ބުނި ގޮތުގައި އެޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ކާނަލް ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ އެރޭ 20:30 ގައި އާރޓިފިޝަލް ބީޗްގައެވެ. މި ޖަލްސާގައި އެޕާޓީގެ ރިޔާސީ ކެމްޕޭން ވެސް ރަސްމީކޮށް ލޯންޗުކުރާނެއެވެ.
އެމްއެންޕީގެ އެމްއެންޕީގެ ހިންގާ ޤައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިން އިއުލާނުކުރި ގޮތުގައި ރިޔާސީ ޓިކެޓް ހަވާލުކުރުން އޮންނާނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެތާރީހް ފަސްކޮށް ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލު ކުރުމާއި ކެމްޕޭން ލޯންޗް ކުރުން މިމަހުގެ 26 ގައި ބާއްވާގޮތަށް ހަމަޖެއްސީ ކީއްވެކަމެއް އެޕާޓީން ހާމަކޮށްފައެއް ނުވެއެވެ.