ޚަބަރު ސިޔާސީ

ސަރަނގޭ ރައީީސް ޞާލިޙުގެ ފަޅިއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޚައްމަަދު ޞާލިޙަށް ތާއީދުކުރައްވަން، މާލެ ސިޓީގެ ފުރަތަމަ މޭޔަރު، ސަރަނގު އާދަމް މަނިކު(ސަރަނގޭ) ނިންމަވައިފިއެވެ.

އޭނާ އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެކެވެ.

އޮންލައިން ނޫސް "އަދަދު"އަށް ސަރަނގޭ ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި މިހާރު އޭނާ އެ ހުންނެވީ، ރައީީސްއަށް އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭވަރަށް މަސައްކަތް ކޮށްދެއްވުމަށް ތައްޔާރަށް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޚަށް ތާއީދުކުރަން ސަރަނގު އާދަމް މަނިކު ނިންމަވާފައިވާއިރު، އޭނާ ރައީސް ސާލިހާއި ގާތް ބޭފުޅުންތަކަކާއެކު އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ އާއްމުވެފައެވެ.

އެ ފޮޓޯގައި ރައީސްގެ ކޮއްކޮ އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމާއި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ބައިވެރިވަޑައިގެންނެވިއެވެ.

 

 

  1. ހުސޭނުބެ

    ތިމާ ސަލާމަތް ނުވާ ހިސާބަށް ދިޔައިމާ ރައީސް ސޯލިހު ފަޅިއަށް! އިޓަލީ މީހާއަށް ދޯކާ ދިން މައްސަލަ ކޯޓްގައި ފަތު އަޑު ކިޔާފައި އެހެރަ ދަނީއެވެ. ރީކޯ މޫސަގެ ހާލު ކިހޮނެތްތޯ؟

  2. 2008 ކުން ފެށިގެން ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން މިރާއްޖޭގައި ކުޅެމުން އަންނަ އެކި ދުވަސްވަރުގައި އެކި އެކްޓަރުން ނާއި ބަތަލާއިން ލައިގެން ރީތި ކުލަބޮކި ދިއްލައިގެން ކުލަޖައްސައިގެން މިރާއްޖޭގައި މިކުޅެމުން އަންނަ ބޮޑު ސިޔާސީ ފިލްމު ބޮޑު ސްކީރީން ގައި އަޅުވަނީ !