ޚަބަރު

ފުލުހަކު ކުޑަކުއްޖެއްގެ ކަންކަށިމަތީގައި ޖެހި މައްސަލައިގައި ޖޫރިމަނާއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުޑަކުއްޖެއްގެ ގައިގައި ޖެހި ފުލުހަކު 18،000 ރުފިޔާއިން އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

Ads by MWSC

މިކަން ހިނގީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގައި، އައްޑޫ ފޭދޫގައެވެ. ފޭދޫ މަގުމަތިން ހިނގާފައި ދިޔަ ކުޑަކުއްޖެއްގެ ކަންމަށިމަތީގައި ޖެހި މައްސަލައިގައި ދަޢުލަތުން ދަޢުވާކުރީ ލ. ހިތަދުއަށް އުފަން ފުލުހެއްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ޙުކުމުގައި ވަނީ އެ މީހާ ދަޢުވާއަށް އިންކާރު ކުރިޔަސް، ހެކިންގެ ހެކިބަހަށް ބަލާއިރު މަގުމަތީގައި ހުރި ރިފްލެކްޓަރެއްގައި އެ ކުއްޖާ ޖެހުމުން އެ ފުލުސް މީހާ އެ ކުއްޖާގެ ގައިގައި ޖެހިކަން އެނގޭ ކަމަށާއި، އެ ހާދިސާ ހިނގުމާއެކު، އެ ކުއްޖާ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާއިރު، އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތައް ވެސް މެޑިކަލް ލިޔުންތަކުން ވެސް އެނގެން އެބައޮތް ކަމަށް އެ ޙުކުމުގައިވެއެވެ.

އެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް، ކުޑަކުއްޖަކަށް ހަމަލާދީފައިވާތީ އޭނާގެ އަދަބު ދަރަޖަ ކޯޓުން މަތިކުރިއެވެ.

ޖަލު ޙުކުމް ޖުރިމަނާ ބަދަލު ކުރުމުން ޖެހެނީ 18،000 ރުފިޔާއެވެ. އެ ފައިސާ ތިން މަސް ތެރޭގައި ދަޢުލަތަށް ދައްކަން ވަނީ ޙުކުމް ކޮށްފައެވެ.

Ads by HDC
  1. ބަލަ ޖޫރިމަނާތަކުރަނީ އެވެސްނަގަނީ ސަރުކާރަށޭ އެކުއްޔަކަންނުދޭންވީ ކޮތަޅައްވެސް ވާގޮތަކީ ގަންނަނީ ވިޔަފާރިވެރިން އެކަމަކު ކޮތަޅައްނާ ރުފިޔާކޮޅުސަރުކާރަށް ލާރިހޯދަންސަރުކާރުންކުރާ މަސެއްކަތެއްނެތް ހައްތާވެސްއެކިނންނަމުގާ.ރައްޔިތުންއަތުންނަގާގެންސަރުކާރު ގެންގުޅެއްމިޖެހެނީ