ޚަބަރު އިޖުތިމާޢީ

މާލެ ސިޓީކައުންސިލުން "ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުން" މަގުތަކަށް ނެރެފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މާލޭގެ މަގުމަތީގެ އެކި ކަންކަން ބަލަހައްޓަން "މަގުފާރަވެރިން" ގެ ގޮތުގައި 78 މުވައްޒަފުން ނަގައި މަގުތަށް ބެލެހެއްޓުމުގެ މަސައްކަތް އެ މީހުންނާ މާލެ ސިޓީ ކައުންސިލުން ރޭ ހަވާލުކޮށްފިއެވެ.

Ads by MWSC

މިކަމަށްޓަކައި ރޭ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މަގުފާރަވެރިންނަކީ ކައުންސިލުގެ މި ދައުރަށް އެކުލަވައިލި "ސްޓްރެޓެޖިކް އެކްޝަން ޕްލޭން"ގައި ހިމެނޭ ކަމެއް ކަމަށާއި، މި މަޝްރޫޢުގެ މަޤްޞަދަކީ މާލެ ސިޓީގެ މަގުތަކާ ގުޅޭ ހުރިހައި މައްސަލަތަކެއް ޙައްލުކުރުން ކަމަށް މޭޔަރު ޑރ.މުޙައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލުން އަލަށް އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ ބޭނުމަށް މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފައެވެ. އެ ޕްރޮގްރާމްގައި 18 އަންހެނުންނާއި 60 ފިރިހެނުން މަސައްކަތް ކުރާނެއެވެ.

އެ ޔުނިޓްގެ ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙުމަދު ސައުދީއާއެވެ.

މާލެ ސިޓީ ކައުންސިލުގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެ ވަޑައިގަންނާވަފައެވެ.

މި ހަފްލާގައި ޔުނިޓުގެ ސުޕަވައިޒަރުންނާޢި އޮފިސަރުންނަށް ވަނީ ލިޔުން ހަވާލުކޮށްފައެވެ.

  1. ސިޓީ ޕޮލިސް މީ ދުނިޔޭގެ މަދު ސިޓީ ތަކުގައި ތިބޭ ބަޔެއް، ނިއުޔޯކް ސިޓީ ޕޮލިސް އުޅޭނެ !