ޚަބަރު އިޖުތިމާޢީ

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މިމަހު 31 ގައި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އެސްޓީއޯގެ އިމާރާތް. ދެން ފައިލް ފޮޓޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

އެސްޓީއޯ އިން ބުނިގޮތުގައި މިއަހަރުގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ އެރޭ 20:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާރކްގައެވެ. އެކުންފުނިން ބުނި ގޮތުގައި މި ޖަލްސާގައި ބައިވެރިވެވޭނީ 24 އޭޕްރީލް 2023 ގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އެސްޓީއޯއިން ބުނީ ޖަލްސާގައި ބައިވެރިވުމަށާއ،ި ވޯޓިންގ ޕޯޓަލްއަށް ލޮގްއިން ކުރުމަށް ބޭނުންވާ އިރުޝާދުތައް ޖަލްސާއަށް ރަޖިސްޓަރީކުރާއިރު ހިއްސާދާރުން ރަޖިސްޓަރީ ކުރާ ފޯނު ނަންބަރަށް އެސްއެމްއެސްއެއްގެ
ޒަރިއްޔާއިން ފޮނުވޭނެކަމަށެވެ. ޖަލްސާގައި ބައިވެރިވާ މެންބަރުންކަމަށް ބެލެވޭނ،ީ މި ކުންފުނިން ފޮނުވާ އެސްއެމްއެސްގައި ބަޔާންކުރާ އިރުޝާދުތަކާއި އެއްގޮތަށ،ް 31 މޭ 2023 ވަނަ ދުވަހުގެ 20:00 އިން 20:25 އާއި ދެމެދު އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށ،ް "އެސްޓީއޯ އ.ޭޖ.ީއެމް ޕޯޓަލް" ގައި ލޮގްއިން ކޮށްފައިވާ މެންބަރުންކަމަށާއި ޖަލްސާއަށް ހާޒިރުވާ ފަރާތްތަކުން އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް ގެންދަވަންވާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!