ކެޓްރީނާއަށް ވުރެ ކަމުދާ މީހަކުފެނިއްޖެ ނަމަ އިިންނާނަންތޯ އެހުމުން ވިކީ ދިނީ ތަފާތު ޖަވާބެއް!

ބޮލީވުޑްގެ ޕަވާ ކަޕުލްއެއް ކަމުގައިވާ ކެޓްރީނާ ކައިފްއާއި ވިކީ ކޯޝަލްގެ ކޮންމެ ކަމަކީ މުޅި މީޑިއާގެ ސަމާލުކަން ލިބެމުން އަންނަ ކަންކަމެވެ.
2021 ވަނަ އަހަރު ކައިވެނި ކުރި މި ޖޯޑަކީ ވަރަށް ލޯބި ޖޯޑެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޚާއްސަކޮށް ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކަން އެކި ޕްލެޓްފޯމުތަކުގައި އެމީހުން ދަނީ ހާމަކުރަމުންނެވެ.
ދާދި ފަހުން މަސައްކަތް ނިމުނު ވިކީގެ ފިލްމް "ޒަރާ ހަޓްކޭ ދިކާ"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ނޫސްވެރިއަކު ވިކީ އާއި ވަނީ އާދަޔާ ހިލާފު ސުވާލެއްކޮށްފައެވެ. މިގޮތުން ކެޓްރީނާއަށްވުރެ ކަމުދާ އެހެން މީހަކު ފެނިއްޖެ ނަމަ، އިންނާނަންތޯ ނޫސްވެރިއަކު ވަނީ ވިކީ އާއި ސުވާލުކޮށްފައެވެ.
ނޫސްވެރިޔާގެ މިސުވާލާއެކު ވިކީއަށް ހިނިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. އަދި ހެމުން ހެމުން އޭނާ ވަނީ ތިއީ ނުރައްކާތެރި ސުވާލެއް ކަމަށާއި އަދި ގެއަށްވެސް ދާން ޖެހޭކަމަށް ބުނެފައެވެ.
"ތިއީ ކީއްވެ ކުރި ސުވާލެއް؟ ގެއަށް ދާން ޖެހޭއަދި ކޮން ކަހަލަ ކޮމްޕްލިކޭޓެޑް ސުވާލުތަކެއްތޯ ތިކުރަނީ އަހަރެންނަކި އަދިވެސް މިކަމުގައި ކުޑަކުއްޖެއް. މި ނުރައްކާތެރި ސުވާލަށް އަހަރެން ޖަވާބު ދޭނީ ކިހިނެއް؟" ވިކީ ބުންޏެވެ.
އަދި ދުވަހަކުވެސް ކެޓްރީނާ ދޫކޮށް ނުލާނެކަމަށް ވިކީ ބުންޏެވެ. އެއާއެކު އެތަނުގައި ތިބި އެންމެންވަނީ އަތްޖަހަން ފަށާފައެވެ.