ޕްރިޒަން އޮފިސަރުން ހޯދަން އިޢުލާނު ކޮށްފި

ޖަލުތަކުގައި މަސައްކަތްކުރާނެ ޕްރިޒަން އޮފިސަރުން ހޯދަން ކަރެކްޝަނަލް ސާވިސް އިން އިޢުލާނު ކުރައްވައިފިއެވެ.
ކަރެކްޝަންސް އިން ވިދާޅުވީ، އެ މަޤާމުތަކަށް ޝައުގުވެރިވާ އުމުރުން 18-30 އަހަރާ ދެމެދުގެ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ހުޅުވައިލައިފައިވާ ކަމަށެވެ.
މކ ވަޒީފާތަކަށް ނަގާ މީހުން މަސައްކަތް ކުރާނީ މާފުށި ޖަލާއި މާލެ ޖަލާއި އައްސޭރި ޖަލުގެ އިތުރުން ހުޅުމާލެ ޖަލުގައި ކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ.
ޕްރިޒަން އޮފިސަރުންގެ އަަސާސީ މުސާރަ އަކީ މަހަކު 6،050 ރުފިޔާއެވެ.
މީގެ އިތުރުން ހުވާކުރުމަށް ފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3،500 ރުފިޔާ އަދި ލިވިން އެލަވެންސްގެ ގޮތުގައި 2،500 ރުފިޔާ ލިބޭނެއެވެ. އަދި ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 45 އިންސައްތަ (2،722ރ.)، ޔުނިފޯމް އެލަވަންސްގެ ގޮތުގައި ވަޒީފާ އަށް ނިކުންނަށް ދުވަހުން ފެށިގެން ކޮންމެ މަހަކު 300 ރުފިޔާ ލިބޭނެއެވެ.