ޚަބަރު ސިޔާސީ

މުއިއްޒު ދޮގު ބަޔާން ދިން ކަމަށް ބުނާ މައްސަލައިގައި މާދަމާ ހުކުމް ކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
muizzu

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދިވެހި ދައުލަތާ ދެކޮޅަށް ބޭރުގެ އާބިޓްރޭޝަނަކަށް ދޮގު ބަޔާނެއް ދިން ކަމަށް ބުނާ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން ކްރިމިނަލް ކޯޓުން މާދަމާއަށް ތާވަލުކޮށްފިއެވެ.

Ads by MWSC

މި ދައުވާ މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދޮގު ބަޔާނެއް ދެއްވާފައިވާތީއެވެ.

މި މައްސަލައިގައި ދައުލަތުން ތުހުމަތު ކުރަނީ އެއްބަސްވުން ބާތިލުކުރުމުގައި ސަރުކާރުން އަމަލުކުރީ ގޯސްކޮށް ކަމަށް މުއިއްޒު ސޮއިކުރައްވާފައިވާ 'ވިޓްނަސް ސްޓޭޓްމަންޓް' އެއް ދީފައިވާ ކަމަށެވެ.

މުއިއްޒުއަށް ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 12:00 ޖަހާއިރުއެވެ.

މުއިއްޒުގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

Ads by HDC
  1. އަލީ ރަޝީދު ހުޅުމާލެ

    ނޫސް ބަޔާނެއް އެއްޗެއް ނުނެރެ މި ދެތިން ދުވަސް މިދިޔައީ މިހެންވެގެންދޯއެވެ. ހުރިހާ އަނިޔާވެރިންނަށް ދުނިޔޭގައިވެސް އެކަމުގެ ޖަޒާ ދައްކަވާނެއެވެ. މީވެސް ބާރު ހުރިއިރު މީހުންނަށް ހާދަ އަނިޔާއެއް ދިން މީހެކެވެ. މީސްމީހުންގެ ދިރިއުޅުން އެއްކޮށް ފުޑާލި މީހެކެވެ.

  2. ސައްޕެ

    ވެރިކަމުގެ ހުވަފެނުގަ އެހާ އުއްމީދުބޮޑުވެފަ ހުއްޓާ ޖަލައްތަ ދާން މިޖެހެނީ