އެމްޑީޕީން ވަކިވީ، ވައްކަމުގެ ހާއްޔަކަށް ހެދުމުން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުالله ވިދާޅުވެއްޖެއެވެ.
އީވާ މިފަދައިން ވިދާޅުވީ ރައީސް ނަޝީދުގެ ފެކްޝަންގައި އިސް ބޭފުޅުންތަކެއް އެމްޑީޕީން ވަކިވުމާއި ގުޅިގެން ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުން މިހާރު ބާއްވަމުންގެންދަވާ ނިއުސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިވާ ވިދާޅުވީ ފިކުރެއްގެ ދިރުން ޓީމުން ތިބީ ވަރަށް ތައްޔާރަށް ކަމަށެވެ. އަދި ބޭނުންވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަން ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މަޖިލީހުގެ ވޭތުވެފިޔަ 5 އަހަރު ނިމިގެން ދިޔައީ މަސައްކަތް ކުރައްވަން ވަރަށް އުނދަގޫ މާހައުލެއްގައި ކަމަށާއި ދާއިރާއާ ބޭހޭގޮތުން ވެސް ވަކާލާތު ނުކުރެވޭ ކަމަށެވެ.
އަދި އެމްޑީޕީން އެބޭފުޅުން ވަކިވެވަޑައިގަތީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާ ހިލާފަށް ޕާޓީ އާއި ސަރުކާރު ހިންގަމުންދާތީ ކަންކަން އިސްލާހުކުރުމަށް ކަމަށް އީވާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އިސްތިއުފާ ނުދޭނެ ކަމަށާއި މަގާމުން ދުރު ކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އީވާ ވިދާޅުވިއެވެ.
“މިކަމުގައި އުޅޭތީ އަޅުގަނޑަށް މައްސަލައެއް ނެތް މަޖިލީހުގެ ނައިބް ރައީސް ކަމުން ދުރުކުރިޔަސް” އީވާ ވިދާޅުވިއެެވެ.
ތިޔަ ފަކުރު ތަކުން ސަލާމަތްވިކަން ހާދަ ރަގަޅެވެ. މުޅި ގައުމު ފަސާދަކޮށް ސެކިޔުލަރ ވިސްނުމާއި އެލްޖީބީޓީ ފިކުރާއި ބަރުލަމާނީ އާއި މިއީ މިގައުމު ގަބޫލުކުރާނެ ކަންތައްތަކެއް ނޫނެވެ. މައުމޫނު ޕާރޓީ ވަރަށް ތިންހާސް މީހުންވެސް ހަމަ ނުކުރެވޭނެކަން ގައިމެވެ.
ނާޒިމް ސައްތާރު ރައިސްކަމައް އަންނީ ބޮޑުވަޒީރުކަމައް ވަރައް ރީތިވާނެ
ވަގުން އެނގޭނެ ރަނގަޅަށް ބަލައިފިއްޔާ…. ސަރުކާރުގެ ކިތައް ޕުރޮޖެކްޓުތޯ އީވާ ނެގީ… 900 މިލިއަން ރުފިޔާ އެކި ނަންނަމުގަ އީވައާ އީވާގެ ފިރިމީހާ ހޯދީ ކިހިނަކުންތޯ؟؟؟؟ ރިޔަން ގެ ދަށުން އެކި ނަންނަމުގަ 8 ކުންފުނި ހަދައި އެ 8 ކުންފުނިން ރާއްޖޭގެ ބޮޑެތި މަސައްކަތްތަކުގެ ޑިޒައިނިން އާދަޔާ ހިލާފު ބޮޑު އަގުގައި …. ކިހާބޮޑު ވައްކަމެއް އީވާ ތިކުރީ… ޖަލަށް ލާންވެފަ ހުރި ބޮޑު ވަގެއް ތިޔައީވެސް.