ޚަބަރު ސިޔާސީ

ރައީީސް ނަޝީދަށް އިޙްތިރާާމް ކުރަން، ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ފެނޭ: ފައްޔާޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އާ ސިޔާސީ ޕާޓީއެއް އުފައްދަވާ ނަމަ، އަންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ފެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by MWSC

ފައްޔާޒް މިހެން ވިދާޅުވީ، މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ފެކްޝަނުން އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަމަށް އިއުލާން ކުރެއްވުމުން އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީ ދެބައި ވިޔަ ނުދޭން، އެ ޕާޓީ ތެރޭގައި ހިޔާލު ތަފާތުވި ބޭފުޅުންނަށް ފިޔަވަޅު ނާޅާ މަޑު ކުރެއްވީ އެ ބޭފުޅުންނާއެކު މަސައްކަތް ކުރެއްވުމުގެ ވިސްނުމެއް ގެންގުޅުއްވާތީ ކަމަށާއި، ނަމަވެސް އެ ބޭފުޅުން ޕާޓީން ވަކިވެ އާ ޕާޓީއެއް އުފައްދަން ނިންމާފައި ވާތީ، ރައީސް ނަޝީދު އެ ގޮތަށް ބޭނުންފުޅުވާ ނަމަ، އެންމެ ރަނގަޅު ވާނީ އަންނަ ރިޔާސީ އިންތިޚާބަށް މި ފަހަރު ކުރިމަތިލެއްވުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އޭނާ ވަރަށް އިޙްތިރާމް ކުރައްވާ ކަމަ‘ ވެސް ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކަމުގައި ވިޔަސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ފިކުރެއްގެ ދިރުން ފެކްޝަން"ގެ މެންބަރުން އެމްޑީޕީން ވަކިވުމާއެކު މިހާރު އެ ޕާޓީގެ އާންމު ބައެއް މެންބަރުން ވަކިވުމަށް ފޯމު ހުށަހަޅަމުން އަންނަ އިރު، އެއީ ވެސް އެމްޑީޕީއަށް ނޭދެވޭ އަަސަރެއް ކުރާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީން ގިނަ މެންބަރުންތަކެއް ވަކިވެގެން ދިއުމަކީ ހިތާމަ ކުރައްވާ ކަމެއްގެ ގޮތުގައި ފައްޔާޒް ފާހަގަ ކުރެއްވިއެވެ.

ފިކުރެއްގެ ދިރުން ފެކްޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ، އާ ޕާޓީ އުފައްދަން ނިންމާފައި ވާ ކަމަށާއި، އަންނަ ހަފުތާގައި ރަޖިސްޓްރީ ކުރަން އީސީ އަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

Ads by Allied Insurance
  1. ޢަދިވެސް ފައްޔާޒު ތިބޮޑާވަނީ. ނަޝީދު އާއި އެއްވަރަށް ވޯޓު ލިބިދާނެކަމަށް ހިތަށްވެސް ނާރުވާތި. މީ އެމްޑީޕީ އެތެރޭ އިންތިހާބެއްނޫން.

    • މިގައުމުގަ ހުރި އެންމެ ބޮޑު ޖާހިލަށް ކާކު ވޯޓދޭނީ! ދުވަހަކު ނުގަންނަ ވަރުގެ ލަދެއްގަ ބެދެން ތިއުޅެނީ!

  2. ހިނގާ

    ނަޝީދަށް ތާއީދުކުރާ ފަރާތްތައް އެމްޑީޕީން ވަކިވިޔަސް ރައީސަށް ޗެލެންޖެއް އެހެންތޭ ގޮންޖެހުން ނެތޭ ތިޔާ ގޮތަށް ޔާހޫ އިންޖީނުގެ އަހުލު ވެރިން 90 ގެ ފަހަތުގައި ބުންނޭ އޭބީސީޑީ ކުންފުނިން ވެންޗަރ ކެޕިޓަލިސްޓުން ހޯދަން ފެށުމުން މިއަދު ޔާހޫ އިންޖީނު ކޮބާތޭ 10 މިލިއަން މީހުން ވެސް ބޭނުން ނުކުރޭ ދޯ ބަދަލުގައި އޭބީސީޑީގެ ގޫގުލް ޕްލެޓް ފޯރމް މިއަދު އެދަނީ މެދު އުޑުގައި ފިޔަޖަހަމުންނޭ އެމެން ނެރެން އެއުޅޭ އޭއައި ޔޫޓިއުބް ނެރުމުން ދުނިޔެ ސިހިގެންދާނެއޭ ފިކުރެއްގެ ދިރުން ފިކުރެއްގެ ދިރުން ހިނގާ ދަމާ ބާރަަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ފިކުރެއްގެ ދިރުން އުފައްދަން އެންމެން ދަމާ ބޮޑު ފެންވަޅުގެ އަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން މިކަން ކުރަމާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ….

  3. ހިނގާދަމާ

    ކޮން އިމެއްތޭ ތަމެން އިން އޮޅާލަބަލަ އޮޅާލާ އޮޅާލާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ފިކުރެއްގެ ދިރުން ޕާރޓީ އުފައްދަމާ ހިނގާށެ ނަލަ ކުރަމާ މިވަތަންގެ ކުރިމަގު ފިކުރެއްގެ ދިރުން އުފައްދައިގެން ހިނގާ ރުވަން ފެންދީ މިގަސް ތަކާއި މަތިވަރު އާރޯ ކުރަމާ ހިނގާ އުޖާލާ ކުރަމާ މިވަތަންގެ އެންމެ ކަތުންގެ ކުރިމަގު މާލެ ސަރަހައްދުން ގޯތި އެންމެނަށް ދީގެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި މިކަން ކުރަމާ…