އެމެރިކާ ދުނިޔެ

ޕެސިފިކް ކަނޑުގެ އަޑިއަށް 7.7 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޕެސިފިކްގެ ކަނޑުގެ 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފިއެވެ.

Ads by WAMCO

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން މިއަދު ބުނީ ބޮޑު ބިންހެލުމެއް އައިސްފައިވަނީ 37 ކިލޯމީޓަރު އަޑިން ކަމަށާއި ޕެސިފިކްގެ އެކި ގައުމުތަކުން ސުނާމީގެ ނުރައްކާ އޮތް ކަމަށް ލަފާކޮށް އެލާޓް ނެރެފައިވާ ކަމަށެވެ. މިގޮތުން ޕެސިފިކް ސުނާމީ އިންޒާރުދޭ މަރުކަޒުން ބުނީ، ޖަޒީރާ ގައުމެއް ކަމަށްވާ ވާނުއާޓޫގެ ބަނދަރު އަވަށެއް ކަމަށްވާ ލެނަކޭލް ކައިރިން ބައި މީޓަރަށް ވުރެ ކުޑަ ރާޅުތަކެއް އުފެދިފައިވާ ކަމަށެވެ. މިއާއެކު ވާނުއާޓޫގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮފީހުން ވަނީ ގޮނޑުދޮށުގެ ސަރަހައްދުތަކުން އުސް ބިންތަކަށް މީހުން ހުސްކުރުމަށް އިލްތިމާސްކޮށްފައެވެ.

އަދި ގޮނޑުދޮށް ހުސްކޮށް، ސުނާމީ ސައިރަންތައް އެކްޓިވޭޓްކުރި ނިއު ކެލެޑޯނިއާއިން ވެސް ވަނީ ސުނާމީގެ ނުރައްކާނެތުމުން ފަހުން އެލާޓް އުވާލާފައެވެ.

އޮސްޓްރޭލިއާގެ ބިއުރޯ އޮފް މީޓިއޮރޮލޮޖީއިން ބުނީ އޮސްޓްރޭލިއާގެ މެއިންލޭންޑަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް ސިޑްނީގެ އިރު އުތުރުން 780 ކިލޯމީޓަރު (421 ނޯޓިކަލް މޭލު) ދުރުގައި އޮންނަ ލޯޑް ހޯވް އައިލެންޑަށް އިންޒާރު ދީފައިވާ ކަމަށެވެ.

ނިއު ކެލެޑޯނިއާގެ އިރުދެކުނުން ޕެސިފިކް ކަނޑުގެ އަޑިއަށް އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު މިހާރު ވަނީ އުވާލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!