ޚަބަރު ސިޔާސީ

ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނީ އެއްބުރުން: ފައްޔާޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ވެރިކަންކުރާ އެމްޑީޕީން އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by MWSC

ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް ޖެހިފައިވާ ކަމަށެވެ. އަދި އެމްޑީޕީން މުޅި ރާއްޖެއަށް ކުރާ ދަތުރުގައި ޕާޓީގެ ދިދަ މިއަދު ހުރިހާ ރަށެއްގައި ނަގާ ކެމްޕޭން ޓީމްތައް ރުކުރުވާލުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދަ މިހާރު ވަނީ ނަގާފައެވެ.

ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ރިޔާސީ 2 ދައުރު ކާމިޔާބު ކުރުމަށް އެމްޑީޕީ ފަށާ ކެމްޕޭނަށް މަޢުލޫމާތު އެއްކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް އެމްޑީޕީން ދާން ނިންމާފައިވާއިރި މި މިދަތުރުގައި އަތޮޅުތަކުންވެސް މަންދޫބުން ގުޅިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ވިދާޅުވިއެވެ.

މި ދަތުރުތަކުގެ މައިގަނޑު މަގުސަދަކީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމާއި މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުން ކަމަށް އެ ޕާޓީން ވިދާޅުވިއެވެ.

Ads by Allied Insurance
  1. ފެންނާނެއޭ

    ފިކުރެއްގެ ދިރުން ނަމުގައި ޕާރޓީ އެއް އުފެދުނީމާ ދެން އެމްޑީޕީ އެއް ނޯންނާނެއޭ މިފަހަރު ވޯޓް އިން ވައްކަން ކޮށްގެން އިބޫ އަށް ވޯޓް އިން ވައްކަން ކޮށްގެން ވެރިކަމަށް ނާދެވޭނެއޭ ހަނދާން ނައްތާލަން ޖެހޭނީ އެކަން ނާދެވޭނެއޭ އިންގިލާބީ ބޮޑު ބަދަލަކުން މިވެރިކަން ބަދަލުވާ ތަން ފެންނާނެއޭ

  2. ދަންނާތި

    ތަމެންނަށް ރައްޔިތުންނާއި ގުޅިފައިވާ އެއްވެސ ކަމެއް ކޮށްނުދެވެއޭ އުމުރުން 50 އަހަރު ވުމުން ސަރުކާރުން ހިލޭ ދޭ ސްކޮލަރޝިޕް އެ އުމުރުގެ ދިވެހިންނަށް ނުލިބޭންވީ އެއްވެސް ސަބަބެއް ނެތޭ އެމެން ކިޔަވައިގެން ވެސް ޚިދްމަތް ކުރާނީ ހަމަ މިގައުމަށް ވިއްޔާ އެމެންނަކީ ވެސް ޓެކްސް ދައްކާ މީހުން ވަކި ބަޔަކު އިސްތިސްނާ ނުކުރެވޭނެއޭ ތައްލީމް ދޭން ސަރުކާރުން ކުރާ ހޭދައިން އެއީ އިސްލާމް ދީނުގައި ވެސް އެކަން އޮންނަ ގޮތެއް ނޫނޭ މިފަހަރު އުމުރުން 50 އަހަރު ވެފައިވާ އެކަކު ވެސް ސަރުކާރަށް ވޯޓް ނުދޭ ގޮތް މަމެން ހަދާނަމޭ ތަމެން ބަލަން ތިބޭތި އެ އާބާދީގެ ކޮންޓްރޯލް ދަށުގައި ބޮޑެތި ވޯޓް ބްލޮކްސް ތައް ހުންނާނެ ކަން ތަމެން ހަދާން ކުރާތި…

  3. ފައްޔާޒު އެއްބިރުން ފައިބާނީ އެއްނޫންތަ