ޚަބަރު

ދިޕިކާގެ ނަޒަރުގައި ދެމަފިރިންގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފަ އަކީ މިއީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޖޯޑު ކަމުގައި ގިނަ ބަޔަކު ދެކެނީ ރަންވީރް ސިންހް އަދި ދިޕިކާ ޕަޑުކޯންއެވެ. އެ ދެ ތަރިން ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ.

Ads by STELCO

"ޓައިމް މެގެޒިން"ގެ ކަވަރ ގައި ދިޕިކާ ވަރަށް ފަހުން ފީޗަރ ކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު ކައިވެންޏެއްގެ ސިއްރަކީ، އޭނާގެ ނަޒަރުގައި ކޮބައިކަން ކިޔައިދީފައެވެ.

އެގޮތުން ދިޕިކާ ބުނިގޮތުގައި، ކައިވެނީގެ ގުޅުން ދެމިހުރުމަށްޓަކައި، ދެމަފިރިންގެ ކިބައިގައި މުހިންމު ސިފަތަކެއް ހުންނަންޖެހޭއިރު، ކެތްތެރިކަމުގެ ސިފަ އަކީ، ކޮންމެހެންވެސް ބޭނުންތެރި ސިފައެއް ކަމަށެވެ. އަދި ފަހުގެ ޖީލުގައި އެންމެ ނުހުންނަ ސިފަ އަކީވެސް އެއީ ކަމަށް އޭނާ ބުންޏެވެ.

ދިޕިކާ އިތުރަށް ބުނީ، އޭނާ ދާދި ފަހުން ރަންވީރާއެކުގައި ޗުއްޓީ ހޭދަ ކުރަން ބޫޓާނަށް ދިޔަ ކަމަށެވެ.

ބެލުންތެރިންނަށް އެންމެ ފަހުން ދިޕިކާ ފެނިފައިވަނީ، ސިދާރްތު އާނަންދުގެ "ޕަތާން" އިންނެވެ. ދެން އޭނާ އެންމެ އަވަހަށް ފެންނާނީ، ރިތިކް ރޯޝަންއާއެކުގައި "ފައިޓަރ"އިންނެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!