ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ވެންޓިލޭޓަރުން ވައްކަން ކުރެއްވި ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ޒާހިރަކީ، އެމްޑީޕީން ވަކިވެވަޑައިގެން، " ދަ ޑިމޮކްރެޓްސް" މި ނަމުގައި ސިޔާސީ ޕާޓީ އުފައްދަވަން މަސައްކަތް ކުރައްވާ އެއް މެމްބަރެވެ.
ގައްދޫގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ނުދާތީ، ކަންބޮޑުވުން ފާޅުކުރައްވައި ޒާހިރު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތީ، ތަބަކަކަށް ލާފައި ދިނުމުން ކަމަށާއި، އެހެންކަމުން އެމަނިކުފާނު ވިސްނަވަނީ، ހަމައެކަނި ވެރިކަމުގެ ދެވަނަ ދައުރެއް ހޯދޭނެ ގޮތަކާއި މެދުގައި ކަމަށެވެ.
"އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ އެމްޑީޕީގެ ސިޔާސަތުތައް ބަދަލު ކޮށްލީ، ކޮންގޮތަކަށް އެކަން ކުރީމަތޯ، ދެވަނަ ދައުރެއް ލިބޭނީ. އެމްޑީޕީގެ ހުރިހައި ސިޔާސަތެއް އޮޅައިލީ، އިއްޒަތްތެރި ރައީސް. ރައްޔިތުންގެ އުއްމީދުތައް އޮޅައިލީ، އިއްޒަތްތެރި ރައީސް."
ޒާހިރު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ގެއްލިފައިވާ އުއްމީދު، އަލުން ހޯދައިދޭނީ، "ދަ ޑިމޮކްރެޓްސް"އިން ކަމުގައެވެ.
"ޑިމޮކްރެޓްސް އަކީ ދިވެހިރާއްޖޭގެ ކުރިމަގު. ދިވެހި ރައްޔިތުންގެ އުއްމީދު، އިއްޒަތްތެރި، ރައީސް."
މީގެ އިތުރުން ޒާހިރު ވަނީ، ރައީސް ޞާލިޙަކީ "ބޮޑު ވަގެއް" ކަމަށް ވިދާޅުވެ، ސަރުކާރުން އެކި މަޝްރޫޢުތައް ހިންގަނީ، ރައްޔިތުން ކުރަމުން ދިޔަ މަސައްކަތް ހުއްޓުވައި، ކުންފުނިތައް ބޭނުންކޮށްގެން ކަމަށެވެ.
މުއަޒަފަކު ވަޒީރަކު ކުރާ ވައްކަން ރައީސް މީހާ ދިމާލަށް ވަގައް ގޮވެނީޔާ މެންބަރަކު ކުރާ ވަކަމެއް ނުވަތަ ނަގާ ރިސްވަތަކުން މުޅި މަޖިސްގެ މެނބަރުންނަކީ ވަގުން ކަމުގައި ކަނޑަ އަޅަން ބިލެެއް ފާސްކުރަންވީނޫންތޯ؟
މަގުތިން ވެރިކަން ވެއްޓުނީމާ ބޮޑުވަޒީރުކަން ދޭކަށް ނުޖެހޭ.