އީވާގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ: މަޖިލިިސް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައި ކަމަށާއި މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
އީވާގެ އިތުބާރުގެ މައްސަލަ އެމްޑީޕީގެ 50 މެމްބަރެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފައިވަނީ އެމްޑީޕީން ވަކިވުމަށް ފަހު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އުފެއްދުމަށް މަސައްކަތް ކުރާ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނާތީއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ފާސްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވަކިކުރަން ހުށަހެޅޭނީ 22 މެންބަރުންގެ ސޮއިއާއެކުގައެވެ. އެއީ މަޖިލީހުގެ ހަތަރު ބައިކުޅަ އެއްބައެވެ. މަޤާމުން ވަކިވާނީ ދެބައިކުޅަ އެއްބައިގެ ތާއީދާއެކުގައެވެ. އެއީ 43 މެންބަރުންނެވެ.
މަމެން ޕިންކީންގެ ވެރިކަމުގައި ވެސް ފިރިހެނަކަށް ވުރެން ވަރުގަދަ ކޮށް ގަދައަށް ޖެއްސީ އީވާއޭ މަޖްލީހުގައި އީވާ އެކަނި އެއްވަރުވާނެއޭ މަޖްލީހުގެ 40 މެމްބަރުންނާއި އެކަން ފެންނާނެއޭ ތަމެންނަށް ތަމެން އީވާ ނަގާ އެއްލާލާ ދެން ނައިބް ރައީސް ކަމަށް ގެންނަ މީހަކު މަޖްލީހުގެ ރިޔާސަތު ގައި އިންނަން ޖެހޭނީ ހޫނު އަނގުރުއަލިފާނުން އަންދާފައި ހުރި ގޮނޑިއެއްގޮތަށް އެފަދަ މީހަކަށް އިހްސާސް ކުރެވޭނެއޭ އީވާ އަކީ އެއީ ޓައިޓޭނިއަމް ޕްލޭޓެޑް މާލޭ އެމްޕީއެކޭ ތަމެން މިކަން ދަންނާތި ކަނޑުކޮހުންނޭ ދަންނާތި ދަންނާތި…
އަވަސްކުރޭ، ރައީސް ކަމުނުދިޔައީ ނަސީދުގެ ޙާލު ބަލަން ނުގުޅީމަޔޯ ކަންކަން ނުކުރާތީ ނުވަތަ ގައުމު ނުހިންގޭތީކީ ނޫނޯ.