ތިލަމާލެ ބްރިޖް މަޝްރޫޢު އަކީ ދަރަނި ދަންތުރައެއް، ލޯނު އެގްރީމެންޓު ހާމަކުރުން މުހިންމު: ދުންޔާ
ތިލަމާލެ ބްރިޖް މަޝްރޫޢުއަކީ ދަރަނި ދަންތުރައެއް ކަމަށާއި އެ މަޝްރޫޢުގެ ލޯނު އެއްބަސްވުމާއި، ކޮންޓްރެކްޓު އެވޯޑު ކުރިގޮތް ހާމަކުރުން މުހިންމު ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވީ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތުގެ ސްޕީޑު ލަސްކަމަށާއި އެކަމަކު މިހާރު ދީފައިވާ ތާރީހަށް މަސައްކަތް ނިންމޭނެ ކަމަށް ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވުމާއި ގުޅިގެންނެވެ.
"ތިއީ އަސްލު ދަރަނި ދަންތުރަ. ކޮންޓްރެކްޓަރަކީ ކަނޑު ހުރަސްކޮށް ބުރިޖެއް ހެދުމުގެ ތަޖުރިބާ ހުރި ބައެއް ނޫން. މަސައްކަތް ކިތަންމެ ލަސްކުރިއަސް ސަރުކާރަކަށް ނެތް އެއްޗެކޭ ބުނެވެން. ބުނެފިއްޔާ ލޯނު އިންޓަރެސްޓު މަތިވޭ. ލޯނުއެގްރީމެންޓާއި ކޮންޓްރެކްޓު އެވޯޑު ކުރިގޮތް ހާމަކުރުން މުހިންމު.!" ދުންޔާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު، މުޙައްމަދު އަސްލަމް ވިދާޅުވީ ބްރިޖުގެ މަޝްރޫއުގައި ލަސްތަކެއް ހުރި ނަމަވެސް ކޮންމެވެސް މިންވަރެއް "ކެޗް އަޕް" ކުރެވޭނެކަމަށެވެ.
އަސްލަމް ވިދާޅުވީ ގުޅީފަޅުގައި ކާސްޓިން ޔާޑުގައި މިހާރު އެބަ ޑެކް ސެކްޝަންތައްވެސް ހަދަމުން ގެންދާކަމަށާއި މި ބްރިޖު އަޅަމުން ގެންދާނީ ކުރީގައި ފެނުނު ބްރިޖާ އެއްގޮތަށް ނޫންކަމަށެވެ.
ބައްޕާފުޅުސަރުކާރުގަ ފިރިސޮރު ބަންގާޅަށް ކިހާވަރެއްގެޚަރަދެއްކޮށްލެއްވިންތޯ؟ އެއޮޑިޓްކިހާވަރަކަށް ހެއްދެވިންތޯ؟ އުޅެބަލަ އެކަން ބައްލަވާލައްވާފަ އަދިމިކަންވެސް ! ތާއީދު