ޚަބަރު ސިޔާސީ

އެމްޑީޕީ ގައްދޫ ދާއިރާގެ ނައިބު ރައީސް ދަ ޑިމޮކްރެޓްސްއަށް ސޮއިކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްޑީޕީ ގައްދޫ ދާއިރާގެ ނައިބު ރައީސް އަހްމަދު ރަޝީދު (ރާޑޯ) އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓަށް ސޮއިކޮށްފިއެވެ.

Ads by STELCO

ރައީސް ނަޝީދަށް ސަޕޯޓް ކުރާ މަޖިލީހުގެ މެމްބަރުން އުފެއްދުމަށް މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިއްޔެ އިލެކްޝަން ކޮމިޝަނުން ދީފައިވާއިރު، އެޕާޓީން މިހާރު ދަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއިހަމަކުރަމުންނެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް އެ ޕާޓީން ވަރަށް ބާރަށް ކުރަމުން އަންނައިރު ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން އެޕާޓީއަށް ވަނުމަށް އަންނަނީ ސޮއި ކުރަމުންނެވެ.

ދަ ޑިމޮކްރެޓްސްގެ މަޤްޞަދަކީ ވީހާވެސް ރަނގަޅަކަށް ރައްޔިތުންގެ ބައިވެރިވުމާއި ގިނަބައެއްގެ ބަހާއި އެކު ޕާޓީގެ ސިޔާސަތުތަ ދެމެހެއްޓުން ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ ބުނެފައެވެ. 

އެމްޑީޕީ ގައްދޫ ދާއިރާގެ ނައިބު ރައީސް ޝުހާދު އަބްދުލް ވައްހާބު އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓަށް ސޮއިކޮށްފައިވާއިރު، އެދާއިރާގެ ރައީސް އަކީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢީދު މުޙައްމަދެވެ.

  1. ކައިދާ

    މިބުރުގަ ލާދީނީ ހުރިހާ ބައިގަނޑު އެނގިގެން ދާނެ

  2. މުރައްބީ

    ތިމާއަށް ތިމާ ފެނިފައި ހުންނަ ތާކުންތާކު ނުޖެހޭ ސޮރެއް! އޭނާއާއި އެކު އެހުރީ ގައްދޫގެ ހަލާކު ޒާހިރު، އަބަދު ޕްރެޝަރުގަ ހުންނަ ގައްދާރެއް.