ޤާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ޖޫން 9ގައި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ޓިކެޓް ހަވާލުކުރުމަށް ބާއްވާ ޖަލްސާ އަންނަ ޖޫން މަހު 9އަށް ތާވަލްކޮށްފިއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ހާމަކޮށްފައިވާ ގޮތުގައި ރިޔާސީ ޓިކެޓް ހަވާލުކުރަން ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޓިކެޓް އެރުވުމަށް ބާއްވާ ޖަލްސާ ވެގެންދާނީ މި ފަސް އަހަރުގެ ތެރޭގައި ޖުމްހޫރީ ޕާޓީން ބާއްވާ އެންމެ ބޮޑު ހަރަކާތަށެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ޤާސިމަށް ދޭން ނިންމީ, ޕާޓީގެ ކައުންސިލުންނެވެ.
ރިޔާސީ އިންތިޚާބުގައި ވަކިވަކިން ފަސް ޕާޓީއަކުން ވާދަކުރާނެކަން މީގެ ކުރިން އޮތީ އިއުލާންކޮށްފައެވެ. އެއީ އެމްޑީޕީ, ޕީޕީއެމް, ޖޭޕީ, އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް އިންނެވެ.