ޚަބަރު

ބޮޑު އީދުގައި މާލެ ސިޓީ ކައުންސިލުން 100 ބަކަރި ކަތިލައި އާންމުންނަށް ބަހަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: މިހާރު

މިއަހަރުގެ އަޟްހާ ޢީދުގައި 100 ބަކަރި ކަތިލައި އާންމުންނަށް ބެހުމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފިއެވެ.

Ads by STELCO
މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ބޮޑު އީދުގައި އުރީދޫއާ ގުޅިގެން އުޟްހިޔާ ކަތިލުމުގެ މަސައްކަތް ކުރި ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި މިއަހަރު ގިނަ ސްޕޮންސަރުން ހޯދައިގެން ވަރަށް ފުޅާކޮށް އެކަންކުރަން ރާއްވަވައިފައިވާ ކަމަށެވެ.
ކައުންސިލުން ނިންމާފައި އޮތީ އަންނަ ބޮޑު އީދުގައި 100 ބަކަރި ކަތިލައި މާލެ ސިޓީގެ ރައްޔިތުންނަށް ބެހުމަށް ކަމަށާއި އޭގެތެރޭގައި ކުޑަކުދިންގެ ހިޔާ ކަހަލަ ތަންތަން ވެސް ހިމެނޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ ސްޕޮންސާގެ ގޮތުގައި، ފައިސާގެ އެހީ ލިބޭތޯ މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
“ސިޓީ ކައުންސިލުން ޕްލޭންކޮށްފައި އޮތީ 100 ބަކަރި ކަތިލަން. ކަތިލައިފައި މާލެ ސިޓީ ރައްޔިތުންނަށް ބެހުމަށް. އޭގެ ތެރޭގައި ކުޑަކުދިންގެ ހިޔާ ކަހަލަ ތަންތަން ހިމެނޭ. އަޅުގަނޑުމެން މިހާރު މަސައްކަތް ފައްޓައިގެން މި އުޅެނީ ސްޕޮންސާގެ ގޮތުގައި، ފައިސާގެ އެހީ ލިބޭތޯ“ ރަމީޒު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!