ޚަބަރު

އެސްޓީއޯއިން "ދޮވުނީ ހިކުނީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށަައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެސްޓީއޯއިން "ދޮވުނީ ހިކުނީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

Ads by Sosun Fihaara

މި ޕްރޮމޯޝަން ކުރިޔަށްދާނީ މެއި މަހުގެ 22 އިން ފެށިގެން 22 ޖޫންގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން މެޝިނާއެކު ހިލޭ މައިކްރޯވޭވްއެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

ހިޓާޗީ ދޮންނަ މެޝިންގެ ހަތަރު މޮޑަލްއެއް އެސްޓީއޯއިން މިހާރު ވިއްކަމުންދާއިރު މި މޮޑެލްތަކުގެ ތެރޭގައި ދޮވުމުގެ ގާބިލްކަން 8 ކިލޯއިން ފެށިގެން 10.5 ކިލޯއާ ހަަމައަށް އަދި ހިއްކުމުގެ ގާބިލްކަން 5 ކިލޯއިން ފެށިގެން 7 ކިލޯއާ ހަމައަށް ހުންނަ މެޝިންތައް ހިމެނެއެވެ.

އެއް އަހަރު ދުވަހުގެ ވޮރެންޓީއާއެކު ވިއްކަން ހަމަޖެހިފައިވާ މި މެޝިނަތަކުގައި ހަކަތަރި ލޭބަލް ޖަހަން ވެސް ވަނީ ނިންމާފައެވެ.

އެސްޓީއޯއިން ވިދާޅުވީ މި މެޝިންތަކަކީ ގިނަ ބްރޭންޑްތަކުގެ ފުލްޑްރައި މެޝިނަތަކާ އަޅާބަލާއިރު އަގުގެ ގޮތުންވެސް ހެޔޮ މެޝިންތަކެއް ކަމަށެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!