އެންމެންގެ ސަލާމަތަށްޓަކައި، މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ: ނާޒިމް

އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރޭ އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ނާޒިމަށް ވަނީ އެމްއެންޕީގެ ރިޔާސީ ޓިކެޓު އަރުވައިފައެވެ.
މި ރަސްމިއްޔާތުގައި ނާޒިމް ވަނީ، ރާއްޖޭގައި ކުށް ކުރުން އާއްމުވެފައިވާ މިންވަރާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުންފާޅުކުރައްވައި، ކުށް ކުރާ މީހުންނަށް އަދަބު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
"ޢަދުލު އިންސާފުގެ ނިޒާމު ނަގާ ކޮޅަށް ޖަހަން އެބަޖެހޭ. ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެބަޖެހޭ. އަދަބު ތަންފީޒު ކުރެވޭނެ ގޮތް ހަދަން އެބަޖެހޭ. ކުށުގެ ބާވަތުން އަދަބު ކަނޑައަޅައި، އަފޫއާމް ނުދެވޭ ކުށްތަކެއް ކަނޑައަޅަން އެބަޖެހޭ. ޖީލުތަކެއް އެކުގައި ހަލާކުވެގެން ދިޔައިރު، 30 ކިލޯއިން، 40 ކިލޯއިން މަސްތުވާތަކެތި އެތެރެ ކުރާ މީހާއަށް މަރުގެ އަދަބު ނުދެވޭންވީ ސަބަބެއް ކޮބައިތޯ، އޮންނާކަށް ނުވެސް ޖެހޭ އިނގޭތޯ! އަޅުގަނޑު ދަންނަވާނީ، އެހެންކަމުން، އެންމެންގެ ސަލާމަތަށްޓަކައި، މަރުގެ އަދަބު ތަންފީޒު ކުރަން ޖެހެއޭ އަޅުގަނޑުމެން. "

އެމްއެންޕީގެ ރައީީސް، ކާނަލް މުޙައްމަދު ނާޒިމަށް، ރިޔާސީ ޓިކެޓު ޙަވާލު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ދެން
ނާޒިމް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ކުޑަ ކުދިން ކުށް ކުރާ އުމުރު 10އަށް ދަށްވެފައިވާއިރު، ސްކޭމް ކުރުން އިންތިހާއަށް އިތުރުވާ މައްސަލައަށް ހައްލެއް ލިބޭނެ ގޮތެއް އެނގޭ މީހަކުވެސް ނެތް ކަމަށެވެ. އަދި ސިޔާސީ ގޮތުން ކިރިޔާވެސް ބާރުވެރިކަމެއް ލިބިފައިވާ އެއްވެސް މީހަކު ކުރާ ކުށަކަށް އަދަބު ނުދެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނާޒިމޫ ކަލެއަށް ތިއޮތީ ވެރިކަން ލިބިފައި!