އާލިއާ އަށް އައިފާ އެވޯޑް ހަފްލާއަށް ނުދެވުނު ސަބަބު ހާމަވެއްޖެ

އައިފާ 2023 ގެ އެންމެ މޮޅު އެކްޓްރެސްގެ މަގާމު ހޯދި އާލިއާ ބަޓް އެވޯޑް ހަފްލާއަށް ނުދެވުނު ސަބަބު މީޑިއާތަކަށް ތިލަ ވެއްޖެއެވެ.
ކާމިޔާބު ފިލްމް ގަންގޫބާއީ ކަތިއާވާދީ އިން އަހަރުގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބުނު އާލިއާ ވަނީ އެވޯޑް ލިބުމާއެކު އޭނާގެ އިންސްޓާގްރާމްގައި އެވޯޑް ބަލައި ނުދެވުމުން ފޭނުންގެ ކިބައިން މާފަށް އެދެފައެވެ.
""ވަރަށް ބޮޑަށް ޝުކުރިއްޔާ އައިފާ. މަޢާފަށް އެދެން، އަހަންނަށް އެ އެވޯޑް ލިބުމަށް އަމިއްލައަށް އެތަނަކަށް ނުދެވުނީ. ބެލުންތެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ހާއްސަ ޝުކުރެއް. މިއީ އަހަންނާއި ޓީމަށް އެހާ ބޮޑު އުފަލެއް ލިބޭ ކަމެއް!" އާލިއާ ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާ އެ އިވެންޓް ދޫކޮށްލަން ނިންމީ އޭނާގެ ކާފަ ނަރެންދުރަ ނާތު ރާޒްދާން ބަލިވެގެސް ހޮސްޕިޓަލުގައި އެޑްމިިޓުކުރުމުންނެވެ.
އާލިއާ އޭނާގެ ކާފައާބެހޭ ގޮތުން އެއްވެސް ވާހަކައެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެއް ނުވެއެވެ.
އައިފާ އެވޯޑްސް 2023 ބާއްވާފައިވަނީ އަބޫދާބީގައެވެ. މިކުލަ ގަދަ ހަފްލާގައި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ބައިވެރިވި އެވެ. އެހެންނަމަވެސް އާލިއާ ނެތުމުން އޭނާގެ ފަރާތުން އެވޯޑާއި ހަވާލުވީ ފިލްމު ޕްރޮޑިއުސަރު ޖަޔަންތީލާލް ގަޑާއެވެ.