ޚަބަރު ސިޔާސީ

އެމްޑީޕީ ހަރުގޭގައި ހުރި ރައީސް ޞާލިޙްގެ ޕޯސްޓަރ ނަގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީ ހަރުގޭގައި ހުރި ރައީސް ޞާލިޙްގެ ޕޯސްޓަރ “ދަ ޑިމޮކްރެޓްސް”އިން ނަގައިފިއެވެ.

Ads by MWSC

ޑިމޮކްރެޓްސްއިން ޖަގަހައަށް ވަދެފައިވަނީ އެމްޑީޕީ ހަރުގެ ހުރި ތަން އެ ބިމުގެ ވެރިފަރާތުން ހުސްކުރަން އެންގި މައްސަލަ ކޯޓުގައި ކުރިޔަށް ދަނިކޮށެވެ.

ޖަގަހައަށް ވަނުމަށްފަހު ޖަގަހަ ބޭރުގައި ހަރުކޮށްފައިވާ ރައީސް ޞާލިޙްގެ ޕޮސްޓަރު ދަ ޑިމޮކްރެޓްސްއިން ވަނީ ނަގާފައެވެ.

އެ ބިމުގެ ވެރިފަރާތް ޝަފިއްޔާ ޒުބައިރު ދެންމެ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ މިހާރު އެބިން ކުއްޔަށް ދިނުމާ ގުޅޭ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. ޝަފިއްޔާ ބުނީ މިހާރު އެ ބިން އޭނާ ކުއްޔަށް ދޫކުރީ ވިޔަފާރިވެރިޔަކަށް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޑިމޮކްރެޓްސްއިން ބުނީ އެ ފަރާތުން ބިން މިހާރު ނަގާފައި ވަނީ އެ ވިޔަފާރިވެރިޔާއާ އެކު ހެދި ސަބް ލީސް އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!