ޚަބަރު ސިޔާސީ

ވައިކަރަދޫ ކައުންސިލްގެ ރައީސްވެސް "ދަ ޑިމޮކްރެޓްސް" އަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހދ.ވައިކަރަދޫ ކައުންސިލްގެ ރައީސް  ޒާމިރުވެސް އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރައްވައިފިއެވެ.

Ads by STELCO

ކުރިން އެމްޑީޕީގެ މެމްބަރެއް ކަމުގައިވާ ޒާމިރު އެޕާޓީ ދޫކުރައްވައި، ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައިވާއިރު ރައީސް ނަޝީދަށް ސަޕޯޓް ކުރާ މަޖިލީހުގެ މެމްބަރުން އުފެއްދުމަށް މަސައްކަތް ކުރާ ދަ  ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދިނުމާއެކު އެޕާޓީން މިހާރު ދަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއި ހަމަކުރަމުންނެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް އެ ޕާޓީން ވަރަށް ބާރަށް ކުރަމުން އަންނައިރު، ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން އެޕާޓީއަށް ވަނުމަށް އަންނަނީ ސޮއި ކުރަމުންނެވެ.

މިގޮތުން އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅުވެސް ވަނީ އެޕާޓީއަށް ސޮއިކުރައްވާފައެވެ.

ދަ ޑިމޮކްރެޓްސްގެ މަޤްޞަދަކީ ވީހައިވެސް ރަނގަޅަކަށް ރައްޔިތުންގެ ބައިވެރިވުމާއި ގިނަބައެއްގެ ބަހާއިއެކު ޕާޓީގެސިޔާސަތުތައް ބައްޓަން ކުރުން ކަމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ވަނީ ބުނެފައެވެ. 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!