އެމެރިކާ ދުނިޔެ

ގްރެޖުއޭޝަންގައި ފަލަސްތީނުގެ ދިފާއުގައި ވާހަކަދެއްކުމުން ބޮޑެތި ސިޔާސީ މީހުންގެ ބަހުގެ ހަމަލާތައް ފާތިމާއަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިސްރާއީލުން ފަލަސްތީނާ މެދު އަމަލުކުރާ ގޮތް ކުށްވެރިކޮށް، އެމެރިކާގައި ދަސްވެނިވުމުގެ ތަގުރީރު ދިން ޔަމަނުގެ ދަރިވަރަކަށް އެމެރިކާގެ މަޝްހޫރު ސިޔާސީ ފަރާތްތަކުން އޮންލައިންކޮށް ހަމަލާދީފިއެވެ.

Ads by Sosun Fihaara

ޔަމަނުގެ ދަރިވަރު ފާތިމާ މުހައްމަދުގެ ދަސްވެނިވުމުގެ ތަގުރީރުގައި އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. މިގޮތުން އިސްރާއިލުން ދަނީ ފަލަސްތީނަށް "ވާރޭ" ފަދައިން ބޮން އަޅަމުން ކަމަށާއި ކުޑައެއް ބޮޑެއް ނެތި މީހުން މަރަމުން ކަމަށް ފާތިމާ ބުނެފައިވެއެވެ.

"އިސްރާއީލުން ދަނީ ފަލަސްތީނުގެ ތުއްތު ކުދިންއިން ފެށިގެން އުމުރުން ދުވަސްވީ މީހުންވެސް މަރަމުން، އަދި ޖަނާޒާތަކާއި ގަބުރުސްތާނުތަކަށް ވެސް ދަނީ ހަމަލާ ދެމުން" ފާތިމާ ބުނެފައިވެއެވެ.

ފާތިމާގެ ވާހަކައިގައި ފަލަސްތީނުގެ ކުޑަކުދިން ހައްޔަރުކުރާ ވާހަކައާއި އާއްމުންގެ ގެދޮރާއި ވިޔަފާރިތަކަށްވެސް ހަމަލާދެމުން ދާކަން ވަނީ ފާހަގަކޮށްފައެވެ.

ފާތިމާގެ ވާހަކައަށް ހުޅަނގުގެ ސިޔާސީ ލީޑަރުން ދަނީ ފާޑުކިޔައި ބަހުގެ ހަމަލާތައް ދަނީ ރައްދު ކުރަމުންނެވެ. މިގޮތުން މިއީ "ނަފުރަތު" އުފެއްދުމަށް މަގުފަހިވާ ވާހަކަތަކެއްކަމަށް ބުނެ އެ ޔުނިވާރސިޓީން މިކަމަށް ހުއްދަ ދީފައިވާކަމަށް ބުނެ އެފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.  މީގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ސިޔާސީ ލީޑަރު ޓެޑް ކުރޫޒް އާއި ލީ ޑެލްޑިން ވެސް ހިމެނެއެވެ.

Ads by Allied Insurance
  1. ޑިމޮކްރަސީ

    ޙަޤީޤަތް ވާނި ހަޤީޤަތައް ކިތަންމެ ރުޅިއަޔަސް އިންޝާﷲ ތި އިޒްރާއީލް މިބިމުން ފޮހެވިގެންދާނެ ދުވަހެއް ފެނުމަކީވެސހިދުކޮޅެއްގެ ކަމެއް ﷲ އިރާދަކުރެއްވިއްޔާ

  2. ވިކިލީކްސް

    ރަޝިއާއޭ ކިޔައި އިސްރާއީލުން މަދަދު ލިބޭ ސީއައިއޭގެ އެޖެންޓުން ކަމަށްވާ ގަތަރުގެ އަލްޖަޒީރާ އިން ވެސް ނަފްރަތު އުފައްދައެވެ. ސީއެންއެން އައި ބީބީސީން ވެސް ތާއަބަދު ނަފްރަތު އުފައްދަނީއެވެ.