މަޑުއްވަރި އަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް އަޑިއަށް ގޮސްފި

މާލެއިން ފުރައިގެން ރ. މަޑުއްވަރި އަށް ދަތުރުކުރަމުން ދިޔަ "އާލާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަކަށް ރާޅެއް އަރައި އަޑިއަށް ގޮސްފިއެވެ
"މަޑުއްވަރީ މަސްވެރިން" ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "އާލާ" ބޯޓު ދިޔަވާން ފެށީ ބޯޓުގެ ފަހަތުން ރާޅެއް އަރައިގެން ކަމަށެވެ. އަދި މިހާރު ބޯޓު އެއްކޮށް އަޑިއަށް ގޮސްފައިވާކަމަށް އެޕޭޖުން ވަނީ ބުނެފައެވެ.
އެ ބޯޓުގައި ހަރުކޮށްފައިވާ ޓްރެކިން ސިސްޓަމުން ދައްކާ ގޮތުން ބޯޓު މިވަގުތު އޮތީ ބ. އޭދަފުށީގެ އިރުން ހަތަރު ވަރަކަށް މޭލު ބޭރުގަ އެވެ. ބެލެވޭ ގޮތުގައި ރާޅުއެރިއިރު ބޯޓު ދަތުރުކުރަމުންދިޔައީ ކާށިދޫ ކަނޑު ހުރަސްކޮށް ބ. އަތޮޅަށް ވަނުމަށެވެ.
އެޕޭޖުން ބުނިގޮތުގައި ބޯޓުން ދިޔަ ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފާއި އޭދަފުށީ ދޯންޏަކުން ވަނީ ކޮށްފައެވެ.ބޯޓުގައި ތިބި މީހުން އެމްއެންޑީއެފްގެ އެހީގައި ވަނީ އޭދަފުއްޓަށް ގެންގޮސްފަ އެވެ.