އެމްއެންޕީން ދެކެނީ ވެރިކަމަށް އާދެވޭނީ އަޅުގަނޑު ދުއްވާލައިގެން ކަމަށް: ޤާސިމް
މޯލްޑިވްސް ނެޝަނަލް ޕާޓީން ދެކޭ ގޮތުގައި ވެރިކަމަށް އާދެވޭނެ ގޮތަކީ އެމަނިކުފާނު “ދުއްވާލައިގެން” ކަމަށް އެ ޕާޓީން ދެކޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީންނާއި އެމްއެންޕީން ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ވަނީ ހާމަކޮށްފައެވެ.
މިއަދު ވީޓީވީގައި ދެއްވި އިންޓަރވިއުއެއްގައި ޤާސިމް ވިދާޅުވީ, އެމްއެންޕީން ދެކޭ ގޮތުގައި ވެރިކަމަށް އައުމަށް ހުރަސް ހެޅެނީ އެމަނިކުފާނުގެ ސަބަބުން ކަމަށެވެ.
“ނެޝަނަލް ޕާޓީގެ ވަރަށް މަތީ ދެ ބޭފުޅަކު ވިދާޅުވި ޤާސިމް ދުއްވާލައިގެން ނޫން ގޮތަކަށް ނެތޭ މިކަން ވާކަށް.” ވަރަށް ގާތް ރައްޓެއްސަކު މި ވާހަކަ މިއަދު ޤާސިމް ކައިރީ ވިދާޅުވި ކަމަށް ޤާސިމް ވިދާޅުވިއެވެ.
އެމްއެންޕީގެ ކޯ ފައުންޑަަރުންކަމަށްވާ ކާނަލް ނާޒިމާއި އަބްދު ރިޔާޒް, އެމްއެންޕީ އުފެއްދެވުމުގެ ކުރިން މަސައްކަތް ކުރައްވާފައިވަނީ ޖޭޕީގައެވެ.
”ކޮންމެހެން އަޅުގަނޑު ގައިގައި ޖަހާކަށް ނުޖެހޭ ދެއްތޯ” އެ ދެބޭފުޅުންނަށް އިޝާރާތް ކުރައްވާ ޤާސިމް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ނާޒިމް މިއަދު ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ. މިގޮތުން ވިދާޅުވެފައިވަނީ, ޤާސިމަށް ލިބިވަޑައިގެންފައިވަނީ ދޮގު މައުލޫމާތު ކަމަށެވެ. އަދި އެމަނިކުފާނުގެ ހިތްޕުޅުގައި ޤާސިމަށް އޮތީ ލޯބި ކަމަށް ވެސް ވިދާޅުވިއެވެ.
ގާސިމް އެއްގޮތަކަށް ވެސް ގަބޫލުކޮށްގެން ނުވާނެއޭ ގާސިމަށް ބޮނޑިދީފައި ޕީޕީއެމް ވެސް އަދި ޕީއެންސީ ވެސް އަދި ދަ ޑިމޮކްރެޓުން ވެސް ފިލާނޭ ކަމަށް ގާސިމްގެ އެޑްވައިޒަރުން ގާސިމަށް ދެނީ ވަރަށް ނުބައި މައުލޫމާތޭ އެޑްވައިޒަރުންނާއި ނުލާ ސީދާ ސީދަލަށް ގާސިމް ވާހަކަ ދައްކަންވީއޭ ޕީޕީއެމްއާއި އަދި އެމްއެންޕީއާއި އަދި ދަ ޑިމޮކްރެޓުންނާއި ގާސިމަށް އޮތް ހިތް ހެޔޮ ކަން ގާސިމަށް އިނގޭނެއޭ ކެނެރީގެ ނަޝީދު ގާސިމަށް ދެރައެއް ނުދޭނެއޭ މިފަހަރު ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ ނުދޭނެއޭ