ރިޕޯޓް ސިޔާސީ

އެންމެންގެ އޮތީ އެއް އަމާޒެއް، އެކަމަކު ވެރިކަން ބަދަލުކުރެވިދާނެތަ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިދިކޮޅޫ އިއްތިހާދަށް ވެރިކަން ބަދަލު ކުރެވިދާނެތަ؟

ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން މިވަނީ އެއްގަލަކަށް އަރައިފަ އެވެ. ކޮންމެ ފަސް އަހަރަކުން ރާއްޖޭގައި ތަކުރާރުވާ ހާލަތު މި އަހަރުވެސް ތަކުރާރު ވީއެވެ. ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ސިޔާސީ ހަލަބޮލިކަން މިވަނީ އިތުރުވާން ފަށައިފަ އެވެ. 2018 ވަނަ އަހަރުގެ އިންތިހާބުގައި ފެނިގެން ދިޔައީ އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ތެދުވެވަޑައިގެން މަސައްކަތް ކުރެއްވި މަންޒަރެވެ. މިއަދު ފެނިގެން މިދަކީ ރައީސް ޞާލިހާއި ދެކޮޅަށް އެމަނިކުފާނުގެ އެންމެ ގިނަ ދުވަސްވީ އެކުވެރިޔާ އަދި އެންމެ ގާތް ސިޔާސީ ބައިވެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިކުމެވަޑައިގެން މަސައްކަތް ކުރައްވާ މަންޒަރެވެ.

Ads by MWSC

ރައީސް ޞާލިހުގެ އިތުރުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ނިކުންނަވާނެކަމުގެ ސިގްނަލް ދެއްވާފައިވަނީ ރައީސް ޔާމީންގެ އިތުރުން ރައީސް ނަޝީދާއި ކާނަލް މުހައްމަދު ނާޒިމާއި އުމަރު ނަސީރުގެ އިތުރުން ގާސިމް އިބްރާހީމެވެ. މީގެ ތެރެއިން ގާސިމް ފިޔަވައި އެހެން ހުރިހާ ލީޑަރުން މިވަނީ ރައީސް ޞާލިހާއި ދެކޮޅަށް ނިކުމެވަޑައިގެން މަސައްކަތް ފައްޓަވައިފަ އެވެ.

ދިވެހިރާއްޖެ ދިވެހިންނަށް، ވެރިކަން ބަދަލުކުރަންޖެހޭ

ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާއަކީ ތާރީހީ ޖަލްސާ އެކެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތުވެވަޑައިގެން ތިއްބެވި ލީޑަރުންތަކެއް ސަރުކާރާއި ދެކޮޅަށް ނިކުމެވަޑައިގެން މަސައްކަތް ފައްޓަވާފައިމިވަނީ ހަމަ އެންމެ މައްސަލައެއްގަ އެވެ. އެލީޑަރުން ނިކުމެވަޑައިގެންނެވީ ޒަމާނުއްސުރެއް ރާއްޖޭގެ އިގްތިޞާދީ ސަރަހައްދެއްކަމަށް ދައުވާ ކުރަމުން އައިސްފައިވާ ކަނޑުގެ ސަރަހައްދެއް ބޭރުގެ ބަޔަކަށް ދޫކޮށްލަން ސަރުކާރުން އެއްބަސްވުމުން އެކަމާއި ދެކޮޅަށެވެ.

ފޯޅަވައްސާއިން އިންވެގެން ރާއްޖެއާއި ދިމާއަށް އޮންނަ ކަނޑުގެ ސަރަހައްދުގެ އިން ދިވެހިރާއްޖެއިން އަޅައި ގާނޫނު އަސާސީގައިވެސް ލިޔެ އެއީ ދިވެހިންގެ ބައެއްކަމަށް ނިންމާފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެންނަމަވެސް އެސަރަހައްދަކީ މޮރިޝަސްގެ ބައެއްކަމަށް އެމީހުން އަބަދުވެސް ދައުވާ ކުރެ އެވެ. ދުނިޔޭގެ ކަނޑުތަކާއި ބެހޭ ކޯޓުން މިމައްސަލަ ވަކި ގޮތަކަށް ނުނިންމައި އޮތީ ދިވެހި ސަރުކާރުތަކުން މިމައްސަލައިގައި ދޫދޭން ބޭނުން ނުވާތީ އެވެ. ރައީސް ޞާލިހު ބޭނުންވެވަޑައިގެންނެވީ ވަކި ގޮތެއް ނުނިމި އޮތް މިމައްސަލަ އެންމެ ފަހުން ކޮޅެއްގައި ޖައްސައި ދިވެހިންނަށް ހައްގުވާކަމަށް އެމަނިކުފާނުގެ ސަރުކާރުން ދެކެވަޑައިގަންނަވާ ބައި، ބައިނަލްއަގުވާމީ ގާނޫނުގައިވެސް ލިޔާށެވެ. އެހެންނަމަވެސް ކަން ނިމުނުގޮތުން ދިވެހިންގެ ކަނޑުން ބައެއް ގެއްލިއްޖެކަން ކަށަވަރުވި އެވެ.

 

2008 ވަނަ އަހަރު އައި ރައީސް ނަޝީދުގެ ސަރުކާރުން ދިވެހިންގެ މައި އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވިއްކައިލި މައްސަލައަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި ކަމެކެވެ. މިކަން ހޫނުވެ ސިލްސިލާ މުޒާހަރާތަކެއް ފެށި، މުޒާހަރާތައް ހޫނުވެ މަގުމަތިން އޭރުގެ ސަރުކާރު ވައްޓައިލި އެވެ. ދިވެހިންނަކީ އަބަދުވެސް އަމިއްލަ ބިން ދެކެ ވަރަށް ލޯބިވާ ބައެކެވެ. އެހެންކަމުން ދިވެހިރާއްޖެއިން ބައެއް އެހެން ބަޔަކަށް ދޫކޮށްލާނަމަ ނުވަތަ ވިއްކައިލާނަމަ އެކަމާއި ދެކޮޅަށް ދިވެހިން އަބަދުވެސް ތެދުވާނެ އެވެ. މިފަހަރުވެސް ވެގެން މިއުޅެނީ މިކަހަލަ ކަމެކެވެ. އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންވެސް މިކަމަށް އެއްބަސްވެ އެވެ. ދިވެހިރާއްޖެއިން ބައެއް ގެއްލިއްޖެ ކަމަށާއި އެބައި އަލުން އަނބުރާ ލިބެންޖެހޭކަމަށް އެ ލީޑަރުން ދެކެ އެވެ. މިމައްސަލައިގައި އެހެން ތުހުމަތުތަކެއްވެސް ކުރެވެ އެވެ. ރައީސް ޞާލިހު މޮރިޝަސްއިން ފައިސާ ނަންގަވައިގެން އިންޑިއާގެ ނުފޫޒުގައި ޖެހި، ކަނޑުން ބައެއް ދޫކޮށްލީކަމަށް ވާހަކަ ދެކެވެ އެވެ. އަދި އިދިކޮޅުގައި ތިބި ކޮންމެ ލީޑަރެއްގެ ސަރުކާރެއް އަޔަސް އެކަމުގެ ތަހުގީގުތައް ފަށައި ރައީސް ޞާލިހު ކޯޓަށް ގެންދަވާނެކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

މިހާރު އުފެދިގެން މިއުޅޭ ހަލަބޮލިކަމުގެ ތެރޭގައި ހުރިހާ ސިޔާސީ ލީޑަރުން އެއްބަސްވާ އެއް ކަންތައް މި ކިޔައިދިނީ އެވެ. މިގަބޫލުކުރުންތަކުގެ ތެރެއިން މިވެރިކަން ބަދަލުކުރަން ޖެހިފައިވާކަމަށް ހުރިހާ ސިޔާސީ ލީޑަރުން ދެކެވަޑައިގަންނަވަ އެވެ. އެއީ އެލީޑަރުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ސަރުކާރުތަކުން ޒަމާނުއްސުރެއް ގެންގުޅެމުން އައިސްފައިވާ ސިޔާސަތު މިސަރުކާރުން ބަދަލުކުރީ ބޭރު ބައެއްގެ ނުފޫޒުގައި ޖެހިގެންނެވެ. އަދި މިހާ ބޮޑަށް ބޭރުގެ ނުފޫޒެއް ވަނުމަށް އެއްބަސްވާ ބަޔަކު ވެރިކަމުގައި ތިބެންޖެހޭނެ ކަމަކަށް އެލީޑަރުން ނުދެކެއެވެ.

އިންޑިއާ އައުޓްއާ ދެކޮޅު

ދެން މިއޮތީ ހިޔާލު ތަފާތު ކަންކަމެވެ. ރާއްޖެއަކީ އެހެން ގައުމުތަކާއި ގާތް ގުޅުމެއް އުފައްދައިގެން ތަރައްގީގެ ސަފްހާތައް ލިޔަމުން ގޮސްފައިވާ ގައުމެކެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި ޖަޕާނުގެ އެހީގައި ބޮޑެތި އުމްރާނީ ތަރައްގީތައް ގެނައުމާއި މާލޭގެ ހުރިހާ މަގެއްގައި ގާ އެޅުންފަދަ ކަންކަން ކޮށްފައިވެ އެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ސަރުކާރުގައި އިންޑިއާއާއި އުފެއްދި ގާތް ގުޅުން ފާހަގަކޮށްލެވެ އެވެ. އިންޑިއާއާއި ޗައިނާއާއި ދެމެދު އޮތް ދެކޮޅުވެރިކަމުގެ ސަބަބުންކަމެއް ނޭނގެ އެވެ. އެކަމަކު ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއަކަށް ވީ ދެން އައި ރައީސް ޔާމީނުގެ ސަރުކާރުގަ އެވެ. އެއާއެކު ރައީސް ނަޝީދާއި އެމްޑީޕީއަކީ އިންޑިއާގެ ބަޔަކަށް އަދި ރައީސް ޔާމީނަކީ ޗައިނާގެ ބަޔަކަށް ވެ ނިމިއްޖެ އެވެ.

ރައީސް ޞާލިހުގެ ސަރުކާރަކީ އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވާ ސަރުކާރެކެވެ. އިންޑިއާގެ ނުފޫޒު އެއްގޮތަށްވުރެއް ގިނަ ގޮތްގޮތުން އޮތްކަން މިއޮތީ ފެންނާށެވެ. ދަރަނީގެ ގޮތުގައި ވެދޭ އެހީތަކާއި ހިލޭ އެހީތައްވެސް އިތުރުވީ ކުއްލިއަކަށެވެ. މިއާއެކު އިންޑިއާ ސިފައިން ރާއްޖޭގައި އިތުރުވާން ފަށައިފި އެވެ. ތަމްރީނު ބޭނުންތަކުގައިކަމަށް ބުނެ އަންނަން ފެށި އިންޑިއާ ސިފައިން ދިގު މުއްދަތަކަށް ރާއްޖޭގައި ގާއިމްވެއްޖެ އެވެ. މިއީ ގޯހެއްކަމަށް ދެކި ބައެއް ސިޔާސީ ލީޑަރުން އެކަމާއި ދެކޮޅަށް އަޑު އުފުލަން ފަށައިފި އެވެ. އުމަރު ނަސީރާއި ރައީސް ޔާމީނު އެގޮތުން ފާހަގަކޮށްލެވެ އެވެ.

ފޯޅަވަހި މައްސަލައިގައި އެންމެން އެއްގަލަކަށް އެރިޔަސް ރައީސް ނަޝީދަށާއި ކާނަލް ނާޒިމްއަށް އިންޑިއާ އައުޓު ކެމްޕެއިން ކަމަކު ނުދިޔަ އެވެ. ރޭގެ ޖަލްސާގައި މިފަދަ އެއްވެސް ޝިއާރެއް ބޭނުން ނުކުރަން އިއްތިހާދުން އޮތީ އެއްބަސްވެފަ އެވެ. އެހެންނަމަވެސް އެއްވެސް ބަޔަކަށް ނޭނގި އިންޑިއާ އައުޓު ޖަހާފައިވާ ބެނާއެއް ރޭގެ ޖަލްސާއިން ފެނުނެވެ. މިކަން ކުރިކަމަށް ތުހުމަތު ކުރެވެނީ ސަރުކާރުންނެވެ. ނަފްރަތު އުފެއްދުމުގެ ގޮތުންނެވެ.

އަމާޒަކީ ވެރިކަން

މިހުރިހާ ކަމެއް މިހެން އޮތްއިރު ފެންނާން އޮތް އެއް ހަގީގަތެއް އެބަ އޮތެވެ. މިއަދު ސިޔާސީ ލީޑަރުން އެންމެ މައްސަލައެއްގައި ސަރުކާރާއި ދެކޮޅަށް ނިކުމެވަޑައިގެންނެވިއެއް ކަމަކު ސިޔާސީގޮތުން ހިޔާލު ވަރަށް ތަފާތެވެ. ކޮންމެ ލީޑަރެއްގެވެސް ސިޔާސީ ވަކި ތަސައްވަރެއް އެބަ އޮތެވެ. މިއިން ކޮންމެ ލީޑަރަކުވެސް ނިކުންނަވާ ހުންނެވީ އަމިއްލަ މެނިފެސްޓޯއެއް ހިއްޕަވައިގެން ވަކިން އިންތިހާބުގައި ވާދަކުރާށެވެ.

ރައީސް ޔާމީނުގެވެސް، ކާނަލް ނާޒިމްގެވެސް އަދި އުމަރު ނަސީރާއި ރައީސް ނަޝީދުގެވެސް އޮތީ އެންމެ އަމާޒެކެވެ. ވެރިކަމެވެ. ރިޔާސީ ކެމްޕެއިންގެ ތެރެއިން އެއްބަސްވެވޭ އޮތީ އެންމެ ކަމެކެވެ. ދެން ހުރި ހުރިހާ ކަމެއްގައި މުޅިން ސިޔާސަތު ތަފާތެވެ.

ދެން އުފެދޭ ބޮޑު ސުވާލަކީ ރައީސް ޞާލިހާއި ދެކޮޅަށް ނިކުމެވަޑައިގެން ވެރިކަން ބަދަލުކުރެއްވިދާނެތޯ ކުރެވޭ ސުވާލެވެ. މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވުމާއިމެދު އަދި އޮތީ ސުވާލު އުފެދިފަ އެވެ. އެހެންކަމުން އިދިކޮޅުން ނިކުންނާނެ ކެނޑިޑޭޓެއް ސީދާ ކަށަވަރެއް ނުވެ އެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް އިންތިހާބުގެ ދެވަނަ ބުރަކަށް ދާނެ އެވެ. އެއްކޮޅުން ރައީސް ޞާލިހު ވާދަކުރާނެ އެވެ. އަނެއްކޮޅުން ވާދަކުރާނީ ގާސިމް އިބްރާހީމްތޯ ނޫނީ ރައީސް ޔާމީންތޯ ނުވަތަ ރައީސް ނަޝީދުތޯ އަދި އޮތީ ސުވާލު އުފެދިފަ އެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. އެޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅަކަށް ފަސޭހަކަމާއިއެކު 30 އިންސައްތަ ވޯޓު ލިބިވަޑައިގަންނަވާނެ އެވެ. ބާކީ އޮތް 70 އިންސައްސަ ބެހޭނީ ދެން ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގަ އެވެ. ރައީސް ޔާމީން ވެރިކަމަށް ނިކުންނަވާނަމަ ރައީސް ޞާލިހަށްވުރެއް އިތުރަށް ވޯޓު ހޯއްދެވިދާނެކަމަށް ދެންނެވިދާނެ އެވެ. އެއީ މިހާތަނަށް ރާއްޖޭގެ އިންތިހާބެއްގައި ގިނިކަންޏާ ނިކުމެވަޑައިގެން އެންމެ ގިނަ ވޯޓު ހޯއްދެވި ލީޑަރަކީ ރައީސް ޔާމީންކަމަށް ވާތީ އެވެ. އިދިކޮޅުން އެހެން ކެނޑިޑޭޓެއް ނިކުންނަވާނަމަ މި މަންޒަރު ބަދަލުވުންވެސް އެކަށީގެންވެ އެވެ.

ރައީސް ނަޝީދަކީވެސް ސިޔާސީ ގޮތުން ރައީސް ޞާލިހަށްވުރެއް ވަރުގަދަ ބޭފުޅެކެވެ. އެހެންނަމަވެސް މިހާރު މިކަމާއި ދެކޮޅު ހަދާނެ ބަޔަކުވެސް އެބަ ތިއްބެވެ. ރައީސް މައުމޫނުގެ ސިޔާސީ ހަޔާތް ނިމިގެން ދިޔަ ގޮތަށް ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްވެސް ނިމިގެން ދަނީކަމަށް އެއްބަޔަކު ދެކެ އެވެ.

މި ހުރިހާ ކަމެއްގެ އަސްލު މަންޒަރު ފެންނާނީ ރިޔާސީ އިންތިހާބުގަ އެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބަކީ ރާއްޖޭގައި މިހާތަނަށް ބާއްވާނެ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި އިންތިހާބަށްވުން ވަރަށް ގާތެވެ.

  1. އެމްޑީޕީން ވެރިކަމަށް އަންނަން ވެގެން ގެނައި ސިޔާސީ ޕާޓީ ނިޒާމާއި، ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ދައުލަތުގެ މާއްލިއްޔަތު އެމީހުން ޖީބަށްލާން ގެނައި ޓެކުސްގެ ނިޒާމާއި މިދެނިޒާމް ވަނީ އެކުއެކީގައި ބޮޑުތަނުން ފެއިލްވެފައި !
    ޕާޓީ ނިޒާމް ފެއިލް ކޮށްލީ އަމިއްލަ އެދުން ބޮޑު ސިޔާސީ ވަފާތެރި ކެހިވެރިން.
    ޓެކުސް ނިޒާމް ފެއިލް ކޮށްލީ އަމިއްލަ އެދުން ބޮޑު ވަފާތެރި ކެހިވެރި ވިޔަފާރިވެރިން .

  2. އިންޑިއާ އައުޓް

    ރޭގެ ޖަލްސާގައި އިންޑިއާ އައުޓް ބެނާ ދެމީ ސަރުކާރުން ފޮނުވި ބައެއް ކަމަށްވާނަމަ ސަރުކާރުން ވެސް ވަނީ އިންޑިއާ އައުޓް ކުރަން ތައްޔާރަށް ކަމޭ މިހާރު އެގިގެންދަނީ މިހާރު އެކަމާއި ދެކޮޅީ އެއީ ދަ ޑިމޮކްރެޓްސް އިން އެކަނިއޭ މިރާއްޖޭގައި އިންޑިއާ ސިފައިން ދިވެހި ސަރުކާރުން މުސާރަ އާއި އިނާޔަތް ތައް ދީގެން ބައިތިއްބައިގެން ނުވާނެއޭ އަދި އިންޑިއާ ހެލިކޮޕްޓަރު ގަނޑު ވެސް ޖެހޭނީ މާލޭގެ އުތުރު ފަރާތުން ކަނޑުފައްތާލާށޭ ހަވަރު އެއްކޮށްގެން ހަވަރު ކުރިމަތީގައި އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  3. ހަރާމްކޯރު

    ސަރުކާރުން އިއްޔެ ގާސިމް އިބްރާހިމް ލައްވާ ފޭކްގޭމް ކުޅުވައިގެން ވެސް އެގޭމް ގައި ޖެހޭނެ މީހަކު ނުވިއޭ ބައްދަލު ވުން ވެސް ނިމިއްޖެ މީހަކު ވެސް ހައްޔަރު ނުކުރޭ އެކަކު ޖަލަކަށް ވެސް ނުލާ މިއިން އެގިގެން ދަނީ ގާސިމް ވެސް ހެދީ ރޯބުހުތާނު ދޮގު ކަމޭ ގާސިމަކީ ސަރުކާރުން ސްޕޮންސަރ ކޮށްފައި ހުންނަ އެޖެންޓެކޭ މިހާރު ގާސިމް ޖައްސާ ގޭމް އަކީ އެއީ ތިމަންނާ ވިޔަފާރި އަށް ސަރުކާރުން ދުއްތުރާ ކުރަނީއޭ ކިޔާ ސަރުކާރާއި އެކު ކޯލިޝަން ހެދުމޭ މަމެން ދަންނަމޭ ގާސިމަކީ ބަތާހަރާމީ ހަރާމްކޯރެކޭ ގާސިމަކީ ބަތާހަރާމީ ހަރާމްކޯރެކޭ ގާސިމަކީ ބަތާހަރާމީ ހަރާމްކޯރެކޭ ގާސިމަކީ ބަތާހަރާމީ ހަރާމްކޯރެކޭ ގާސިމަކީ ބަތާހަރާމީ ހަރާމްކޯރެކޭ ގާސިމަކީ ބަތާހަރާމީ ހަރާމްކޯރެކޭ ގާސިމަކީ ބަތާހަރާމީ ހަރާމްކޯރެކޭ ގާސިމަކީ ބަތާހަރާމީ ހަރާމްކޯރެކޭ ގާސިމަކީ ބަތާހަރާމީ ހަރާމްކޯރެކޭ ގާސިމަކީ ބަތާހަރާމީ ހަރާމްކޯރެކޭ ގާސިމަކީ ބަތާހަރާމީ ހަރާމްކޯރެކޭ ގާސިމަކީ ބަތާހަރާމީ ހަރާމްކޯރެކޭ ގާސިމަކީ ބަތާހަރާމީ ހަރާމްކޯރެކޭ