ޚަބަރު އިޖުތިމާޢީ ސަރުކާރު

އަނެކާއާއި ތިމާ ތަފާތެއް ނެތްނަމަ ތައުލީމުގެ ބޭނުމެއް ނެތް: ހަޔާ އެޑިއުކޭޝަން މިނިސްޓަރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

މަތީ ތައުލީމު ހާސިލްކޮށްގެން މުޖުތަމައުއަށް ނިކުންނައިރު ތިމާއަކީ އަނެކާއާއި ތަފާތު މީހަކަށް ވާންޖެހޭ ކަމަށާއި އެތަފާތު ނުދެއްކޭނަމަ ތައުލީމުގެ ބޭނުމެއް ނެތްކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޑރ. އިބްރާހިމް ހަސަން މިފަދައިން ވިދާޅުވީ ރޭ މެޕްސް ކޮލެޖުން ދަސްވެނިވި ކުދިންނަށް ސެޓްފިކެޓު ދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ދަސްވެނިވެގެން ނިކުންނައިރު ތިމާއާއި އެހެން މީހުންނާއި ތަފާތުވާން ޖެހޭނެ ކަމަށާއި ތިމާ މަސައްކަތް ކުރާ މާހައުލުގައި ތިމާއަކީ މިހާރަށްވުރެ އިތުރަށް އިލްމު އުނގެނި ހުރިމީހެއްކަން އެހެންމީހުން ލައްވާ ބުނުވަން ޖެހޭނެ ކަމަށެވެ.

އެބަދަލު ނުގެނެވޭ ކަމުގައިވާނަމަ ތައުލީމުގެ ބޭނުމެއް ނެތްކަމަށާއި ތައުލީމު ހޯދަނީ ތަހުޒީބު ދިރިއުޅުމެއް އުޅެވޭތޯ ބެލުމަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އުނގެނިގެން ނިކުތުމަށްފަހު އަބަދުވެސް މަސައްކަތް ކުރަންވާނީ މުޖުތަމައުއަށް ތިމާގެ ސަބަބުން ކޮންމެވެސް ކަހަލަ ހެޔޮ ބަދަލެއް ގެނެވޭތޯކަމަށް ވިދާޅުވި އެވެ.

"ތައުލީމު ހޯދަން ހޭދަކުރާ ދުވަސްތަކަކީ މުހިއްމު ދުވަސްތަކެއް. އެދުވަސްތައް މުހިއްމުވަނީ ތައުލީމާއި ހުނަރު އަދި ތައުލީމު ހޯދާ ދާއިރާއިން އެހެންމީހުންނާއި ގުޅިގެން ގާތްކަން އުފައްދަން ލިބޭ ދާއިރާއަށްވާތީ." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ތައުލީމު ހާސިލްކުރަން ހޭދަކުރާ ދުވަސްތަކުގެ އުފާވެރިކަމުގެ ވާހަކައަށްވެސް މިނިސްޓަރު އަލިއަޅުއްވާލެއްވި އެވެ. ވިދާޅުވީ އެ ދުވަސްތަކަކީ ތިމާގެ ޕާސަނަލިޓީއާއި ކެރެކްޓާ ބައްޓަންވެގެންދާނެ ދުވަސްތަކެއް ކަމަށާއި ތިމާއަށް ޒަމާންވީ ރައްޓެހިން ވެސް ހޯދަން ލިބޭ ދުވަސްތަކެއް ކަމަށެވެ.

މެޕްސް ކޮލެޖު ފަދަ އަމިއްލަ ފަރާތްތަކުން މަތީ ތައުލީމު އުނގަންނައިދިނުމަށް ކޮށްދޭ މަސައްކަތްތައް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މީހުން ބިނާކުރުމުގައި ޕްރައިވެޓް ސެކްޓާ އިން ކުރަމުންދާ މަސައްކަތްތަކުގެ އަގު ސަރުކާރުން ވަޒަންކުރާ ކަމަށެވެ. މިހާރުވެސް ރާއްޖޭގެ ކޮލެޖުތަކުން ސަރުކާރާއި އެކީ މަސައްކަތްކުރާކަމަށާއި ގައުމަށް ލިބެމުންދާ ރޯޝަނީ ދުވަސްތަކަކީ އެންމެން ގުޅިގެން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

Ads by PNC
  1. އަލިފު ޙާ!

    މީ ފައްކާ މުރައްކަބު ޖާހިލެއް! ޢިލްމަކީ އިންސާނާ އެކެއް އަނެކަކު ތަފާތު ކުރާ އެއްޗެއް ނޫން! އިންސާނާ އެކެއް އަނެކެއްގެ ތަފާތަކީ ތަޤުވާ އެކަމަކު އެއީ ﷲ އަށް މެނުވީ އެނގޭނެ އެއްޗެއް ނޫން! އަނދިރި ތަޢުލީމު އުނގެނިފައި ހުރި ކޮންމެ މީހަކު އެކަހަލަ ކޮސް ގޮވާނެ!

  2. އަބްދޫ

    ކޮންމެ މީހަކީ ވެސް ތަފާތު ހުންނާނެ މީހެއް. ތައުލީމުގަ ވެސް އެންމެން ހަމަހަމ ނުވޭ. އެހެންވީމަ އަބަދުވެސް އުނގެނެން ޖެހޭނެ، ﷲ ގެ ވަހީ ބަސްފުޅުގަ ކީރިތި ގުރްއާނުގަ ވަނީ ދުނިޔޭގެ މައީސަތުގާ ތިމަން ސުވަމީންގެ އިންސާނުން ދަރަޖަ ތަކަކަށް ބެއްސެވީމޭ ، އެއީ އެއްބަޔަކުގެ ކިބައިން އަނެއްބަޔަކަށް ހިދުމަތް ލިބިގަތުމަށްޓަކަ އެވެ.