ޚަބަރު ސިޔާސީ

ކޮންމެ ފަސް އަހަރަކުން، ވެރިކަމަށް ދަހިވެތިވެ، އެންމެން އެއްގަލަކަށް އަރާނެ: މޫސަ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވެރިކަމަށް ދަހިވެތި ވުމުން، ކޮންމެ ފަސް އަހަރެއް ނިމޭއިރު، އެންމެން އެއްގަލަކަށް އަރާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު(ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މޫސަ މިހެން ވިދާޅުވީ، ޗާގޯސް ކަނޑުގެ މައްސަަލައިގައި އުފައްދާފައިވާ އިދިކޮޅު އިއްތިހާދުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ޕާޓީތައް ގުޅިގެން ރައީސް ސާލިޙުގެ ވެރިކަން ނިމުމަކަށް ގެންނަން މަސައްކަތް ކުރާނެ ކަމަށް އެޕާޓީތަކުގެ އިސްބޭފުޅުން ހާމަކުރެއްވުމާއި ގުޅިގެންނެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު، ރިޔާސީ އިންތިޚާބުން ބަލި ކުރަން ފަސޭހަނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އިއްތިފާގުވާ ކަމަށެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ ސިޔާސީ ޚިޔާލު ތަފާތުވުމެއް ނެތް ކަމަށާއި އެންމެން ވެސް ބޭނުމީ ވެރިކަން ކަމަށެވެ. އަދި އެކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް މޫސަ ވިދާޅުވިއެވެ.

"ކޮންމެ 5 އަހަރަކުން ވެރިކަމަށް ދަހިވެތިވެ އެންމެން އެއްގަލަކަށް އަރާނެ، ވެރިކަން ފެށި ދުވަސްކޮޅެއް ވާއިރަށް އެކަކު އަނެކަކަށް ވަގަށް ގޮވާފައި ވަކިވާނެ." މޫސަ ވިދާޅުވިއެވެ.

ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވީ ސަރުކާރާއި ދެކޮޅު ފަރާތްތަކުން މިއަދު ތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި، ގުޅިގެން ކުރާ މަސައްކަތުން މި ސަރުކާރު ބަލިކުރާނެ ކަމަށް ވިދާޅުވިއެވެ.

އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު ވެސް ވަނީ، މި ސަރުކާރު ބަލި ކުރުމަކީ، އިދިކޮޅު ފަރާތްތަކަށް އެއްބަސްވެވޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

Ads by Ooredoo
  1. ފަތިސް

    މޫސަމެންް ކޮންމެކަމެއްް ޑްރާމާއަކުންް ތިނިންމާލަނީގައުމުު ފުޑުފުޑުކޮއްް އޮއްވަޅުގޮޑިި ކުޅޭގޮތައްް އެއްވަޅުންއަނެއްވަޅައްް ފުންމަފުންމަަ ރައްޔިތުންނައްް އޮޅުވާލުމުގަަ ގެންގުޅޭބޮއްކުރާގަޑުު ގޮވައިގެންް

  2. ހާއުފާ

    ތިޔައީ ހިޔަޅުންގެ ސިފަ. މަކަރާ ހީލައި ހަދަން އެންމެންނައްވެސް އެގޭ. އެހެނަސް ތިޔައީ އެކަމަށް އަރައިހުރި ހިޔަޅުންގެ ހިޔަޅެއް.

  3. ކާލި

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ކޮންމެ ފަސް އަހަރަކުން ޖަމާވަނީ ކީއްކުރަންތޯ ؟