Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ރައީސް ޞާލިޙް އައްޑޫއަށް ވަޑައިގެންފި

ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ރައީސް ޞާލިޙް އައްޑޫއަށް ވަޑައިގެންފި

އައްޑޫ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސްގެ އަރިހު ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވާ ކަމަށެވެ.

އަދި މި ދަތުރުފުޅުގައި އައްޑޫގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ފައްޓަވާ ދެއްވާނެ ކަމަށާއި އޭގެ ތެރޭގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާ ބިން ހިއްކުމުގެ މަޝްރޫއު ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވާނެ ކަމަށާއި ހުޅުދޫގައި ހުންނަ ޑްރަގް ޑިޓޮކްސް ސެންޓަރަށް ވެސް ރައީސް ޞާލިޙް ޒިޔާރަތްކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް