ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ބުދަ ދުވަހު ފަށަނީ!

ވ އާރަށް ކުއްޔަށް ދޫކުރުމުގައި ހިމެނޭ ރިޝްވަތުގެ މައްސަލައިގައި ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކުރި 11 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.
އާރަށު މައްސައިގައި ރައީސް ޔާމިނުގެ މައްޗަށް ކުރި ހުކުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށައެޅި އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފައިވަނީ އޭޕްރިލް މަހުގެ 4 ގައެވެ.
އިސްތިއުނާފު މައްސަލަ ބަލައިގަތްތާ ދެމަސް ފަހުން އިސްތިއުނާފު އަޑުއެހުންތައް ފެށުމަށް ތާވަލު ކޮށްފައިވާއިރު، އިސްތިއުނާފު މައްސަލަ ފެށުން ލަސްވުމުން އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މިހާރުވެސް އަންނަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.