ޚަބަރު

އިޓްލޮސްގެ ނިންމުން އިސްތިއުނާފް ކުރެވޭނެ ކަމަށް ޤާނޫނު ކިޔަވާ ދަރިވަރަކު ވެސް ނުބުނާނެ: ރިއްފަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ދެކުނުން ޚާއްސަ އިޤްތިޞާދީ ސަރަހައްދު ކަނޑައެޅުމަށް ދުނިޔޭގެ ކަނޑާ ބެހޭ ކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފް ކުރެވޭނެ ކަމަށް ކުރީގެ ދެ ބަންޑާރަނައިބުން ދައްކަވާ ވާހަކަފުޅަށް, ބަންޑާރަނައިބު އިބްރާހީމް ރިއްފަތު މިއަދު ރައްދު ދެއްވައިފިއެވެ.

Ads by MWSC

އިޓްލޮސްގެ ނިންމުމާ ގުޅިގެން ރާއްޖެއިން ބައެއް ވިއްކާލާފައިވާ ކަމަށްބުނެ ސަރުކާރާ އިދިކޮޅު ފަރާތްތަކުންވަނީ ނުރަސްމީ ކޯލިޝަނެއް ހަދާފައެވެ. މި ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުނައްވަރާއި އާޒިމާ ޝުކޫރުވަނީ އިޓްލޮސްގެ މައްސަލަ ރާއްޖެއަށް އިސްތިއުނާފް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު މަޖިލީހުގައި ކުރިޔަށްދާ ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމަނިކުފާނަށް ލިބިވަޑައިގަތް ވަގުތުގައި މި ވާހަކަތަކަށް ވަނީ ރައްދު ދެއްވާފައެވެ.

”އިޓްލޮސްގެ މައްސަލަ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު ބުނުމަކީ ބިލާހަކަށް ވެއްޖެ ކަމެއް. އެކަން ކުރާނީ ކިހިނެތްތޯ, ކޮންތާކުންތޯ, މައްސަލަ ލާނީ ކޮންތާކަށްތޯ, ކޮން ޤާނޫނަކަށްތޯ ރިއާޔަތް ކުރާނީ, މިއިން އެއްވެސް ސުވާލަކަށް އެ ބޭފުޅުންގެ ޖަވާބެއް ނެތް. އިޓްލޮސްއިން ނިންމި މައްސަލަ އިސްތިއުނާފް ކުރެވޭނެ ކަމަށް ބުނުމަކީ, ޤާނޫނީ މާހިރެއް ކީއްކުރަންތޯ ޤާނޫން ކިޔަވާ ކުއްޖަކު ވެސް ދައްކާނެފަދަ ވާހަކައެއް” އެ ވާހަކަތަކަށް ރައްދު ދެއްވާ ރިއްފަތު މިއަދު މަޖިލީހުގައި ވިދާޅުވިއެވެ.

“ދެކުނުގެ އީއީޒެޑް މައްސަލައަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއް ކަމަށްވާ, އަންކްލޯސްއިން ނިންމާފައިވާ މައްސަލައެއް. މުއާހަދާގައި 296ވަނަ މާއްދާގައިވާ ގޮތުން އެ ނިންމުމަކީ ނިހާއީ ނިންމުމެއް”

މީގެ އިތުރުން އިޓްލޮސްގެ މައްސަލައާ 22 އޯގަސްޓް 2022ގައި ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީފުޅާ ގުޅުވާތީ އެކަމަށް ވެސް ރިއްފަތު ވަނީ ރައްދު ދެއްވާފައެވެ.

“ރައީސްގެ ސިޓީއަކީ ދެކުނުގެ އީއީޒެޑްގެ މައުލޫއާ އެއްވެސް ގުުޅުމެއް ނެތް ސިޓީއެއް. އިޓްލޮސްގެ 9 ފަޑިޔާރުން ފާހަގަ ކުރި އެއްވެސް ކިތާބީ ހެއްކެއްގެ ތެރޭގައި ރައީސްގެ ސިޓީގެ ވާހަކަ ނެތްކަން ފާހަގަ ކުރަން”

ރައީސްގެ ސިޓީފުޅު ހޯއްދެވުމަށް އިދިކޮޅުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި އެ ސިޓީފުޅު ސިއްރުކުރެއްވީ ކީއްވެގެންތޯ ވެސް މިއަދުގެ މަޖިލީހުގައި މެންބަރުން ދިޔައީ ސުވާލު ކުރައްވަމުންނެވެ. މީގެ ކުރިން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ދެ ވެރިންގެ ދެމެދުގައި ބަދަލު ކުރެވޭ ހުރިހާ މުއާމަލާތެއް ޕަބްލިކް ކުރަން ޖެހޭކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އޭޖީގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ އުތުރުން ވެސް 200 ނޯޓިކަލް މޭލު ރާއްޖެއަށް ލިބިފައިނުވާ ކަމަށެވެ. އަދި 1976ވަނަ އަހަރު އިންޑިއާ އަދި ލަންކާއެކު ހެދުނު އެއްބަސްވުމެއްގެ ދަށުން ދެ ޤައުމަށް އެއްވަރަށް ކަނޑު ބެހިކަން ފާހަގަ ކުރެއްވިއެވެ. އޭޖީ ތަކުރާރުކޮށް މިއަދުގެ މަޖިލީހުގައި ވިދާޅުވަމުން ގެންދެވީ އިޓްލޮސްގެ މައްސަލައިގައި ރާއްޖެއަށް ލިބުނީ މޮޅެއް ކަމަށެވެ.

Ads by Allied Insurance
  1. އާ ކަލޭމެން އެއްބަސްވެފައި ވަނީވެސް އިސްތިއުނާފް ކުރެވޭނެ ވަރަކަށް ނޫންވިއްޔާ ތިހެންތާ ބުނާނީ !

  2. ބަލަ ކަލޭ ބުނާ އެއްޗަކަށް ވުރެން ޑރ މުނައްވަރު އާއި އާޒިމާ ދެއްކިވާހަކައިގާ ޤާނޫނީ އޮއްޓަރު އެބަހުރި ! ރޯނަ އެދުރު އޭޖީ !