ޚަބަރު

ކޮވިޑް-19 ޖެހިގެން ދިވެހި އަންހެނަކު ނިޔާވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން 64 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

Ads by Hajj Corporation

މިކަން ހާމަކުރަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 64 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހަވީރު 05:35 ގައި ނިޔާވެފައިވާ ކަމަށެވެ.

އެއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 23 އަށް އަރާފައެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވެފައިވަނީ 18 ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސް މީހެކެވެ.

މާތް ﷲ މަރްޙޫމްގެ ފާފަތައް ފުއްސަވާ ދެއްވާ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC
  1. ފަތުހުﷲ

    إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون

  2. ޔޫސޭ

    ކޮވިޑޭ ކިޔައިގެން މުސްކުޅި ބަލިމީހުން އެކަހެރިކޮށް، އެމީހުންނަށް ދެވެން ހުރި ރަނގަޅު ފަރުވާތަކުން މަޙްރޫމްކޮށް، އެމީހުން މަރަން ފުރުސަތު ނުދިނުމަށް ސަރުކާރަށް ގޮވާލަން.