ޑޯޓުޑޯ ހަރަކާތާއި ޖަގަހަ ހުޅުވަން އެމްއެންޕީން ކާށިދުއަށް
 
                                                    ރިޔާސީ ކެންޕެއިންގެ ހަރަކާތްތައް ފެށުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެންޕެއިން ޓީމެއް ކ. ކާށިދޫއަށް ވަޑައިގެންފިއެވެ.
ރިޔާސީ އިންތިޚާބަށް އެމްއެންޕީން ވަނީ މިހާރު ތައްޔާރީތައް ފަށާފައެވެ. މިގޮތުން އެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލާ, ޕާޓީގެ ރިޔާސީ ޓިކެޓްވަނީ އަރުވާފައެވެ. އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓަކީ, ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމެވެ.
ކާށިދުއަށް ވަޑައިގެންނެވި ވަފުދުގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ވެސް ހިމެނި ވަޑައިގަންނަވައެވެ. މިއަދު ކާށިދޫގައި ޑޯޓުޑޯ ހަރަކާތްތަކާއެކު, ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމަށްފަހު ޓީމު ކ. ގާފަރަށް ވަޑައިގަންނަވާނެއެވެ. އަދި މިރޭ އެމްއެންޕީގެ ޖަގަހައެއް ކާށިދޫގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޕީން ގެންދަނީ ސިޔާސީ ހަރަކާތް އަތޮޅު ތެރޭގައި ވަރުގަދަ ކުރަމުންނެވެ. އެގޮތުން ހަފްތާ ބަންދުގައި އެމްއެންޕީގެ ލީޑަރޝިޕުން ރަށްތަކަށް ދަތުރުކޮށް, ރަށްރަށުގައި ކެންޕެއިން ޖަގަހަތައް ދަނީ ހުޅުވަމުންނެވެ.
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
