ޚަބަރު ސިޔާސީ

އެމްއެމްޕީއާރްސީގެ ޚިޔާނާތް, ސިޔާސީ ތޫނު ހަތިޔާަރަކަށް ހަދައިފި: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު, ރައީސް ޔާމީންގެ ހަމައެކަނި ކުށަކީ, އެމަނިކުފާނު މި އަހަރުގެ ރިޔާސީ އިންްތިޚާބުގައި, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަ ކުރައްވާނެ ކަމަށް އެމަނިކުފާނަށް ހީފުޅުކުރެވުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝިޔާާމް މިފަަދައިން ވިދާޅުވީ, މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ރިޔާސީ ޓިކެޓު ޙަވާލު ކުރުމަށް ބޭއްވި ޖަލްސާތަކާއި, ރައީސް ޔާމީނަށް ޓިކެޓް ޙަވާލު ކުރުމުގެ ޖަލްސާ އާއި އަޅާ ކިޔުއްވައި, މިއަދު ހެނދުުނު ކުރެއްވި ޓްވީޓެއްގައެވެ.

‏"މިހާތަނަށް 2023 ގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރެއްވި ހުރިހާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ރިޔާސީ ޓިކެޓު އެރުވުނު ޙަފްލާތަކުން  މަޖުބޫރުކަމެއްނެތި ހިތުލޯބިން އެންމެގިނަ ރައްޔިތުން ޖަމާވިތަން ފެނުނީ ‎ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ޓިކެޓު އެރުވުނު ކުލަގަދަ ޙަފްލާއިންނެވެ. ރައީސް ޔާމީނަކީ 2023 ގެ ރިޔާސީ ޓިކެޓު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ކެންޑިޑޭޓުވެސް މެއެވެ."

ޝިޔާމް ވިދާޅުވީ, ރައީސް ޔާމީނަކީ, 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު އުންމީ ކުރައްވާނެ ކަމުގެ އުއްމީދާއި ޔަޤީންކަން ދިވެހިންނަށް އޮތް ލީޑަރު ކަމަށެވެ.

"މިއަދު ދިވެހިން ބަރުދާސްތު މިކުރާ ހިތްދަތި މާޔޫސް އަދި އަޅުވެތި ދުވަސްތައް މަޒީކުރުވާނެ ރައްޔިތުންނަށް މިނިވަންކަމާ އުފާފާގަތިކަން ކަށަވަރުކޮށްދޭނެ އުޖާލާ ޒަމާނެއް މިދީބަށް ހޯއްދަވައިދެއްވާނެ ލީޑަރުވެސް މެއެވެ. ރައީސް ‎ޞާލިޙުގެ ގެ ވެރިކަމަށް 4 އަހަރާ 7 މަސްވީއިރު ރައީސް ޔާމީން ނުހައްގުން ޖަލުގައި ގެންގުޅޭތާ 900 އެތައް ދުވަހެއްވީއެވެ. އެމް.އެމް.ޕީ.އާރު.ސީ މައްސަލަ އަކީ ބޮޑު ޚިޔާނާތެއް ނަމަވެސް މިސަރުކާރުން ހެދީ ސިޔާސީ ތޫނު ހަތިޔާރަކަށެވެ. ރައީސް ޔާމީންގެ ހަމައެކަނި ކުށަކީ 2023ގެ ރިޔާސީ ރޭހުގައި  ‎ރައީސް ޞާލިޙާއި ވާދަކުރައްވާ ކަމަށް ރައީސް އަށް ހީފުޅުވުމެވެ."

އޭނާރައީ އިތުރަށް ވިދާޅުވީ, ރައީސް ޔާމީން އެއްވެސް ކެންޑިޑޭޓަކާ ވާދައެއް ނުކުރައްވާ ކަމަށާއި, އެމަނިކުފާނު އަބަދުވެސް ވިދާޅުވަނީ ތިމަން މަނިކުފާނު ވާދަ ކުރައްވަނީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ކަމަށެވެ. ރައްޔިތުންގެ ހުރި ބޮޑެތި ތަކުލީފުތަކާ ކަންބޮޑުވުން ތަކާ ކަމަށެވެ.  ރިޔާސީ ކެންޑިޑޭޓުންގެ ވަޢުދުނާމާ އޮއްސާލެއްވިއިރު, ވަޢުދުތައް އެބޭބޭފުންގެ އިސްކޮޅާ ނުބައްދަލު ކަމަށާއި ގިނަ ދާއިރާތަކުން ކޮށްދެއްވާނެ ކަމަށް އެބޭފުޅުން ވިދާޅުވެފައި ހުރި ކަންކަމަކީ ރައީސް ޔާމީންގެ ދައުރުގައި ޢަމަލުން ޖައްސަވާފައިހުރި ބެންޗުމާރކަށްވުރެ ތިރީ ވަޢުދުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

"9 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމަންޖެހޭ ނިންމުން މާބޮޑަށްވެސް ފަސޭހަވެގެން ހިނގައްޖެއެވެ. ރައްޔިތުން ބޭނުންވަނީ  ބަންގީގެ އަޑު އިވޭ  މިނިވަން ޖައްވަކަށްނޭވާލާށެވެ. ރައްޔިތުން ބޭނުންވަނީ ފުދުންތެރި އަބުރުވެރި އަމާން ރައްކާތެރި ދިރިއުޅުމެކެވެ. ރައްޔިތުން ބޭނުންވަނީ  ލޮލަށް ފެންނަ އަތްލެވޭ ތަރައްޤީއެވެ. ރައްޔިތުން ބޭނުންވަނީ އަދި އެއްފަހަރު ރައީސް ޔާމީންގެ އުޖާލާ ޒަޢާމަތެއްގެ ޒަމާނެކެވެ."

ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު, އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވޭނީ, ޖަލު ޙުކުމް ބާޠިލު ކޮށްފިނަމައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!