ޚަބަރު ސިޔާސީ

ރައީސް ޔާމީން ޖަލުގަ ބަހައްޓަނީ ސިޔާސީ ބޭނުމަށް: އަމްރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބަހައްޓަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަމްރު މިފަދައިން ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމަށް މާދަމާ ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އަމްރު ވިދާޅުވީ ރައީސް ޔާމީން ޖަލުގަ ބަހައްޓަނީ ސިޔާސީ ބޭނުމަށް ކަމަށެވެ، އަދި މިކަމަކީ އެމްޑީޕީއިން 2018 ގަ ވީ ވައުދާއި އެމްޑީޕީގެ އަސާސްތަކާ ޚިލާފުކަމެއް ކަމަށާއި ސިޔާސީ ބޭނުމަށް އެއްވެސް މީހަކު ޖަމުގަ ބަހައްޓައިގެން ނުވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ސިޔާސީ ބޭނުމަށް އިންތިޚާބުގަ ވާދަ ނުކުރެވޭގޮތް ވެސް ހަދައިގެން ނުވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!