ޚަބަރު ސިޔާސީ

މަޖިލިސް ހުއްޓިގެން ނުވާނެ، ރަނގަޅަށް ހިންގުމަށްޓަކާ ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަން: އިދިކޮޅު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިސް ހުއްޓިގެން ނުވާނެ ކަމަށާއި މަޖިލީހުގެ މަސައްކަތްތައް ރަނގަޅަށް ހިންގުމަށްޓަކައި ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އިދިކޮޅުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޕީޕީއެމް-ޕީއެންސީ، ޖޭޕީ، އަދި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ މަޖިލިސް ހުއްޓިފަ އޮވެގެން ނުވާނެ ކަމަށެވެ. އަދި އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މަޖިލިސް ޑެޑްލޮކަކަށް ދާނެ އެއްވެސް ކަމެއް ހިނގުން އެއީ ބޭނުންވާ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

“ އެކަމަށްޓަކާ، މަޖިލިސް ރަނގަޅަށް ހިނގުމަށްޓަކާ ދޭން ޖެހޭ ހުރިހާ އެއްބާރުކުމެއް އަޅުގަނޑުމެން ބަރާބަރަށް ދޭނަން. އަދި އަޅުގަނޑުމެން މިކަމުގައި އިސްނަގަން ބޭނުން. ސަބަބަކީ މިކަމުގަ ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރަމް ޖެހޭ މަސައްކަތް ކުރުން” ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހަކީ ތިން ބާރުން އެއް ބާރު ކަމަށްވާއިރު މަޖިލިސް ކުރިޔަށް ނުދާނަމަ ދަޢުލަތް ފުރިހަމައަށް ހިނގާ ކަމަށް ނުބެލެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށާއި ސަރުކާރުން ދޫދިނުމުގެ ސިޔާސަތެއް ގެންގުޅެން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

 

Ads by Ooredoo
  1. ރިޔާސީ ދައުރުގެ ފަހުވަގުތުގައި ނަޝީދު ގުރޫޕެއް ހަދައިގެން އުޅެނީ ބައިތުލް މާލު ލޫޓުވާން އިބޫ އަށް ބިރުދައްކަން ވެގެން ސޭލް އަޅުވައިގެން އުޅޭބަޔެއް !