ޚަބަރު

ރިޔާސަތު ބަލަހައްޓަވަން ބޭނުންފުޅު ނުވަންޏާ ޖަލްސާ ފަށްޓަވާފައި އެހެން ބޭފުޅަކާ ހަވާލުކުރެއްވޭނެ: އަސްލަމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރިޔާސަތު ބަލަހައްޓަވަން ބޭނުންފުޅު ނުވަންޏާ ޖަލްސާ ފަށްޓަވާފައި އެހެން ބޭފުޅަކާ ހަވާލުކުރެއްވޭނެ: އަސްލަމް

މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަވަން ޖެހޭނެ ކަމަށާއި, ރިޔާސަތު ބަލަހައްޓަވަން ބޭނުންފުޅު ނުވަންޏާ ޖަލްސާ ފަށްޓަވާފައި އެހެން ބޭފުޅަކާ ހަވާލުކުރެއްވޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މަޖިލީހުގެ ރައީސް, މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ރިޔާސަތުގައި ހުންނެވުމަށް އުޒުރުވެރިވެ ވަޑައިގެންފައެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު މިހާރު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފަށް މަޖިލީހުގެ ވިދިވިދިގެން ރިޔާސަތު ބެލެހެއްޓެވޭނީ ތިން ޖަލްސާގައި ކަމަށެވެ. މިއަދަކީ އަފީފް ރިޔާސަތު ބެލެހެއްޓެވި ތިންވަނަ ޖަލްސާއެވެ.

"މާދަމާގެ މަޖިލިސް ޖަލްސާއެއް ބޭއްވޭކަށެއް ނެތް. ގަވާއިދު މި ބުނަނީ މަޖިލިސް ރައީސާއި މަޖިލިސް ނައިބުރައީސް ފިޔަވާ އެހެން ބޭފުޅަކަށް މަޖިލިސްގެ ރިޔާސަތު ބެލެހެއްޓެވޭނީ ވިދިވިދިގެން ތިން ޖަލްސާގައޭ. މިއަދަށް އެ ތިން ޖަލްސާ އެ ހަމަވީ." ރައީސް ނަޝީދު ވިދާޅުވީ, މާދަމާ އަދި އޭގެ އަނެއް ދުވަހުގެ ޖަލްސާ ބޭއްވެން ނެތް ކަމަށާއި އޭގެ ފަހުން އޮތީ މަޖިލިސް ޗުއްޓީއަށް ދިއުން ކަމަށެވެ.

މީޑިއާއަކާ ވާހަކަފުޅު ދައްކަވަމުން އަސްލަމް ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފައެވެ.

"މާދަމާ ޖަލްސާ ނުބާއްްވަންޏާ އެެއީ މަޖިލީހުގެ ޒިންމާއިން ރެކިވަޑައިގަތުން. މަޖިލީހުގެ ރައީސް ހަމަ ވަޑައިގަނަނަވަން ޖެހޭނެ. ރިޔާސަތު ބަލަހައްޓަވަން ބޭނުންފުޅު ނުވަންޏާ ޖަލްސާ ފަށްޓަވާފައި އެހެން ބޭފުޅަކާ ހަވާލުކުރެއްވޭނެ،" އަސްލަމް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!