މަޖިލީހުގެ ރައީސް އަސްލަމް ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ފުރާވަޑައިގެންފި
![](https://dhen.mv/wp-content/uploads/2024/01/18690790-D035-4115-A837-BE50F3147D90-850x548.jpeg)
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ރަސްމީ ދަތުރުފުޅެއްގައި މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.
މިއީ މަޖިލިހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން ރާއްޖޭން ބޭރަށް އަސްލަމް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތު މަޖިލީސް އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އަސަލަމް ވަނީ ދާދި ފަހުން ރަސްމީ ދަތުރުފުޅެއްގައި ޔުގެންޑާއަށް ވެސް ވަޑައިގެންފައެވެ. އަސްލަމް ޔުގެންޑާއަށް ވަޑައިގެންނެވީ ކޮމަންވެލްތްގައި ހިމެނިވަޑައިގަންނަވާ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
އަސްލަމް ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.