ޚަބަރު ސިޔާސީ

ރޮޒައިނާ ރައީީސް ނަޝީދަށް: ކަންބޮޑުވަނީ މުރައިދޫ ގެއިން ނުކުމެވަޑައިނުގަންނަވާތީއެއް ނޫން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރޮޒައިނާ މިހެން ވިދާޅުވީ ރައީސް އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދައުލަތުން ހަމަޖައްސައި ދީފައިވާ ރަސްމީ ގެކޮޅު "މުރައިދޫގެ" އިން ނުކުމެވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

Ads by STELCO

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހުންނެވީ މުރައިދޫ ގެއިން ނުކުމެ، ގ.ކެނެރީގެއަށް ބަދަލުވާން ކެތްމަދުވެފައި ކަމަށެވެ.

ރޮޒައިނާ ވަނީ ރައީސް ނަޝީދު މުރައިދޫ ގޭގައި ހުންނެވުމަށް ވިދާޅުވެ، 54 މެންބަރުން އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވުމުން މަޖިލިސް ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވަން ގޮވާލައްވާފައެވެ. އަދި އިސްތިއުފާ ނުދެއްވާނަމަ ވޯޓު ނަގަން ފުރުސަތު ދެއްވަން ރޮޒައިނާ ގޮވާލެއްވިއެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ މަޖިލިސް ނުހިންގިގެން އުޅެނީ ރައީސް ނަޝީދުގެ ސަބަބުން ކަމަށާއި މުރައިދޫގެ ނުހިންގިގެން ނޫޅުއްވާ ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!