ޚަބަރު

މިމިންވަރަށް ރައްޔިތުންގެ މެދުގަ ތަފާތުކުރާ ވެރިކަމެއް އަދި ނާދޭ: އުޝާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޮޑުންނާއި ރައްޔިތުންނަށް ކަންކުރަނީ ވަކިގޮތަކަށް ކަމަށާއި މިމިންވަރަށް ރައްޔިތުންގެ މެދުގަ ތަފާތުކުރާ ވެރިކަމެއް އަދި ނާންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އުޝާމް މިފަދައިން ވިދާޅުވީ ބ. ބޮޑު ފިނޮޅުގައި ރިސޯޓެއް ހަދަން ގެނައި ބިދޭސީންނާ މެދު އަމަލުކުރި ގޮތާ ގުޅުވައި، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާއަށް ކުރި، ހިއުމަން ޓްރެފިކިންގެ ކުށުގެ ދައުވާތައް އަނބުރާ ގެންގޮސްފައި ވާތީ އެމެރިކާ ސަރުކާރުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އުޝާމް ކުރެެއްވި ޓްވީޓެެއްގައި ވިދާޅުވީ ވަޒީރުންނާއި ސަރުކާރުގެ މަޖިލިސް މެންބަރުންގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދަޢުވާތައް “ސާބިތު ނުކުރެވޭނެތީ”ކަމަށްބުނެ އަނބުރާ ގެންދަން ފަށާފައިވާ ކަމަށެވެ.

‏”ބަދަލުދޭ މައްސަލަތައް ޝަރީއަތުގަ ‘ސާބިތުވާނެތީ’ ކަމަށްބުނެ ރައްޓެހިންނަށް ކޯޓުން ބޭރުގަ މިލިއަނުން ބަހަނީ” އުޝާމް ވިދާޅުވިއެވެ.

‏އުޝާމް ވިދާޅުވީ ބޮޑުންނަށް ކަންކުރަނީ ވަކިގޮތަކަށް ކަމަށާއި ނިކަމެތި ރައްޔިތުންނަށް ކަންކުރަނީ ވަކިގޮތަކަށް ކަމަށެވެ. އަދި މިމިންވަރަށް ރައްޔިތުންގެ މެދުގަ ތަފާތުކުރާ ވެރިކަމެއް އަދި ނާންނަ ކަމަށް އުޝާމް ވިދާޅުވިއެވެ.

Ads by Allied Insurance
  1. މީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް ފުޑާލާފައިވާ ސަރުކާރެއް. މިހާރު ހިންގަނީ ސިލެކްޓިވް ޖަސްޓިސް ކިޔާ ނިޒާމެއް. އެނިޒާމުގެ ދަށުން އިންސާފު ލިބޭނީ ސަޕޯޓަރުންނަށް އެކަނި. ސަޕޯޓް ކުރުމާއި ސަނާ ކިޔުމުގެ ފުރުސަތު ވަނީ އެންމެނަށް ވެސް ހުޅުވިފައި.

  2. ާާޖާސިއު

    މިސަރުކާރުން ސަޕޯޓުކުރަނީ މުއްސަނދި މީހުންނާއި ބޮޑެތި ކުންފުނިތަކަށް. އާންމު ރައްޔިތުންނަކަށް އަސްކަމެއް ނުދޭ.

  3. ާމަރީޔ

    މިސަރުކާރުގެ ނިޒާމުގައި ސިޔާސީ ފިކުރުގެ ތަފާތުކުރުން ވަޒީފާގެ މާހައުލުގައި ވަރަށް ގިނައިން ކުރިއަށްދޭ.
    އަދި އެކަމާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާ.

  4. ޖާސިއު

    ރައްޔަތުންގެ އަސާސީ ޙިދުމަތްތައް އިތުރުކޮށްއޭގެ އަގު ދަށްކުރުމަށް އެއްވެސް އަސްކަމެއް ނުދޭ.

    ރާއްޖެއަށް ބޭނުންވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަސްކަން ދޭ ވެރިއަކަށް. ކާނަލް ނާޒިމް ފަދަ ބޭފުޅެއްް.

  5. ބެންކިން، ސިއްހީ، ތައުލީމީ، ބޯހިޔާވަހިކަމުގެ ނިޒާމުގައި ވަރަށް ބޮޑު ތަފާތުކުރުންތަކެއް މިސަރުކާރުގެ ދައުރުގައި ފެނިގެން ދިޔަ.

  6. އލްސަން

    ނާޒިމް އާއި އެމްއެންޕާއަކީ ސިޔާސީ ނިޒާމުގައި ހުރި ހަމައެކނި ރައްޔިތުން ސެންޓރިކް ޕާޓީ.

    މި އަންނަ ރިޔާސީ އިންތިޙާބުގައި ބަދަލު ގެންނަން ހިގާ.

  7. އިލްޔާސް

    2023 ވަނައަހަރު ރިޔާސީ އިންތިޙާބަކީ ކޮންމިހެން ސަރުކާރަށް ބަދަލުގެންނަށް ޖެހޭ.