ކުރެވުނު ކޮންމެ ކަމެއް ކޮށްގެން، މި ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ: އަބްދުއްރަޙީމް

ކުރެވުނު ކޮންމެ ކަމެއް ކޮށްގެންވެސް، މި ވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ޙަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަޙީމް މިފަދައިން ވިދާޅުވެފައި ވަނީ، ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ޤައުމުގެ މުސްތަޤްބަލަށްޓަކައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން، ނިމުމަކަށް ގެންނާން ޖެހެއެވެ.
"އަޅުގަނޑުމެންގެ ދަރިންގެ ދަރީންނަށްޓަކައި، އަންނާން އޮތް ޖީލުތަކަށްޓަކާ. މިކަން ކުރެވޭނީ، މި ވެރިކަން ބަދަލު ކުރުމުގެ ރޫޙުގައި ތިބި އެންމެން އެކުގައި މަސައްކަތްކޮށްގެން."
އޭނާ އިތުރަށް ވިދާޅުވީ މި މަސައްކަތް ކާމިޔާބު ކުރަން ޕީޕީއެމްގެ އޮޑިއަށް ލާންޖެހޭ ކޮންމެ ފަޅުވެރިއެއް ވެސް ލުމުގެ އިޙްތިޔާރު އާންމު މެމްބަރުން ދޭންޖެހޭ ކަމަށާއި ރައީސް ޔާމީން ވެސް ބޭނުންފުޅުވާ ކަމަކީ އެއީ ކަމަށެވެ.
އޭރުންކަލެއަކީފުރިހަމަމުސްލިމަކަށްވާނެތަ