ޑިމޮކްރެޓްސް އާއި ޕީޕީއެމުން ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ

ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާއި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިސްބޭފުޅުންގެ މެދުގައި ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ޕީޕީއެމުން ވިދާޅުވީ މިއީ ރަސްމީކޮށް ދެ ޕާޓީ އެކީގައި މަސައްކަތް ފެށުމަށް ބާއްވާ ފުރަތަމަ ބައްދަލުވުން ކަމަށެވެ. އަދި މި މިބައްދަލުވުމުގައި މުހިންމު ކަންކަތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް ޕީޕީއެމުން މަޢުލޫމާތުދީފައިވެއެވެ.
ޑިމޮކްރެޓްސް އަކީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތައް ގުޅިގެން އުފައްދާ ސިޔާސީ ޕާޓީއެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައި، އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަން އުފެދި، ރައީސް ނަޝީދުގެ ފަޅީގައި ތިއްބެވި މެމްބަރުން އެންމެ ފަހުން އެމްޑީޕީ ދޫކޮށްލެއްވީއެވެ.
އެގޮތުން ރައީސް ނަޝީދުގެ ފަޅީގައި ތިއްބެވި މަޖިލީހުގެ 12 މެމްބަރަކު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައިވެއެވެ. މި މެމްބަރުން އެމްޑީޕީން ވަކިވެވަޑައުގަތުމާ ގުޅިގެން އެމްޑީޕީ އަށް ވަނީ މަޖިލީހުގެ ސުޕަ މަޖޯރިޓީ ގެއްލިފައެވެ. ރައީސް ނަޝީދު ވެސް ވަނީ މިމަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
ޜާއްޖޭގަ އެންމެ ހަޔާތްކުޑަ ބަޔަކީ ސިޔާސީ މީހުން