ޚަބަރު

30 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ގޮސްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

30 މީހުންނާއެކު ނ. އަތޮޅު ވެލިދޫއަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ގޮސްފިއެވެ.

Ads by Hajj Corporation

އެމްއެންޑީއެފުން ވިދާޅުވީ 30 މީހުންނާއެކު މާލެއިން ފުރައިގެން ނ.ވެލިދޫއަށް ދަތުރުކުރަމުންދިޔަ "ލީޖަން 7" ނަމަކަށްކިޔާ ލޯންޗަކަށް ރާޅެއް އަރައި އަޑިއަށްދިއުމުގެ ސަބަބުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައިވާ ކަމަށެވެ.

އަދި ލޯންޗަށް ރާޅު އަރާފައިވަނީ ނ.ރަންދެލި ރިސޯޓު ކައިރިން ކަމަށާއި ލޯންޗު އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަދެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. “ލޯންޗު އަޑިއަށް ގޮސްފައިވަނީ ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބިފަހުން” އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ދީފައިނުވެއެވެ.

  1. އެކަމަކުވާ

    ހެޔޮ ނުވާނެ ދޯ ތިަކަހަލަ ސުރުހީ ޖަހާކަށް…!
    ހަބަރު ނިންމާލަމުން އެއޮތީ ބުނެފަ މީހުން ބޭލިފަހުންނޭ އަޑިއަށް.ދިޔާއީވެސް……ނޫސްވެރިންނޯ. ސާބަސް