ޕީޕީއެމްއާއި ޑިމޮކްރެޓްސްއިން ޖުލައި 3ގައި އެކުގައި މަގުމަތީ ހަރަކާތަށް

ޕީޕީއެމްއާއި ޑިމޮކްރެޓްސް އިން އެކުގައި ބާއްވާ ސިޔާސީ ފުރަތަމަ ހަރަކާތް އަންނަ މަހު ތިން ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު އެ ދެ ޕާޓީން މިއަދު ކުރި މަޝްވަރާއަށްފަހު ނޫސްވެރިންނަށް ދެއްވި މައުލޫމާތުގައެވެ.
ޕީޕީއެމް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެ ވަޑައިގެންވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ, ޖުލައި ތިން ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވަނީ ކަންމަތީ ބޮޑު ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުގައި ޕީޕީއެމްގެ ފަރާތުން ބައްދަލު ކުރެއްވި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ, އެ މަސައްކަތަކީ ސަރުކާރު ބަދަލުކުރަން ކުރިޔަށް ގެންދާ މަސައްކަތްޕުޅެއް ކަމަށާއި, ފުރަތަމަ ކަންމަތީ ބައްދަލުވުމަށްފަހު އިތުރު ގިނަ ހަރަކާތްތަކެއް ރޭވިގެންދާނެކަމަށެވެ. އަދި އީދަށްފަހު މަޝްވަރާގެ ބައްދަލުވުންތައް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުން އޮންނާނެ ތަނެއް އަދި ހާމަކޮށްފައެއްނުވެއެވެ.
ހަސަންބެބެބެބެބެބ ކަލޯ އާޒިމާ ދެންކޮން އަނިޔާއެއް ވައްކަމެ ކޮރޮޕްޝަނެއް ގެވާހަކަބާ ކަލޯމެން ތިދައްކަނީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެއް އާލާތުން ތީ